ޚަބަރު

އެމްއައިބީން އާއިލީ އުފާގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ


މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގެ ފަރާތުން އެބޭންކުގެ ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި އާއިލީ އުފާގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ފެށިގެންނެވެ. އެމްއައިބީގެ ޕީއާރ އޮފިސަރ އަހްސަން ޖަމީލް ވިދާޅުވީ މި ހަރަކާތުގައި ކުޑަކުދިންނާއިގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތުވެސް ކުދިންނަށް ލިބޭނެކަމަށެވެ.

މި ހަރަކާތުގައި ބޭންކުގެ ފައިނޭންސިންގ ޚިދުމަތް ބޭނުންވާ ބޭފުޅުންނަށް އެމްއައިބީގެ މުއައްޒަފުންނާއި ސީދާ މަޝްވަރާކުރުމުގެ ފުރުސަތާއި އެޕްލިކޭޝަން ފޯމު ލުމަށް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އެކަމަށް ވެސް މަގުފަހިކޮށްދޭނެއެވެ. އަދި މީގެ އިތުރުން އެކައުންޓާއި ބެހޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތުވެސް ސާފުކުރުވޭނެއެވެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.