ޚަބަރު

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ދަނީ ރަނގަޅުވަމުން

 


 


ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަޙްމަތަކެއް ލިބުމުގެ ސަބަބުން އިތުރު ފަރުވާއަށް ލަންކާއަށް ފޮނުވާލި އަބްދުލް ޙަންނާނު ވަޙީދު ޙާލު ރަނގަޅުވަމުންދާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.


 
ޢާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކުބުނީ ހޭއަރާ އިޝާރަތުން އޭނާ މިހާރު ވާހަކަ ދައްކާކަމަށާ، މިއަދު ހަވީރު އޮޕަރޭޝަން ކުރަން ހަމަ ޖެހިފައިވާކަމަށެވެ.


 


މިދިޔަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުމާގުޅިގެން އައިއެމްއެޗްގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ ލަންކާއަށް ފުރުވާލާފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ރޭކަމަށެވެ.