ވިޔަފާރި

ޓުވިޓަރއިން ހަތް ދިހަ މިލިއަން ހިއްސާ ވިއްކަން ނިންމައިފި.
ޓުވިޓަރއިން ހަތް ދިހަ މިލިއަން ހިއްސާ ވިއްކަން ނިންމައިފިއެވެ.


 
ސަތާރަ ޑޮރަލަށާއި ވިހި ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާ މިހިއްސާތައް ވިއްކައިގެން އެކެއް ޕޮއިންޓް ހަތަރު ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ޓުވިޓަރއިން ލަފާކުރެއެވެ.


 
ޓުވިޓަރ ވެގެންދާނީ ފޭސްބުކަށްފަހު ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖްގައި ޝެއަރ ވިއްކާ އެންމެ ބޮޑު އިންޓަރނެޓް ކުންފުންޏަށެވެ.


ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ މަހަކު ދުއިސައްތަ އަށާރަ މިލިއަން މީހުން ޓުވިޓަރ ބޭނުން ކުރާއިރު ދުވާލެއްގެ މައްޗަށް ފަސްސަތޭކަ މިލިއަނަށް ވުރެ ގިނަ ޓުވީޓް ކުރެއެވެ.


 
ޓުވިޓަރގެ މަޤްބޫލުކަން އިތުރުވަމުން ދިޔަ ނަމަވެސް އެ ކުންފުންޏަށް ފައިދާވަމުން  ނުދާ ކަމަށް އެކުންފުނިން ބުނެއެވެ.


 
 


މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭ ޓުވިޓަރއަށް ވަނީ ފަސްދޮޅަސް ނުވަ މިލިއަން ޑޮލަރުގެ ގެއްލުންވެފައެވެ.