ސިޔާސީ

އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ އިދާރާއަށް ފޮނުވައިފިއެވެ.


 
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފަނަރަ މެމްބަރަކު ސޮއިކުރައްވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ މެމްބަރުން ސޮއިކުރެއްވުމަށްފަހުގައެވެ.


 
 


ޝާހިދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައި މިވަނީ މަޖިލީހުގެ ރައީސް މަޖިލީހުގެ ކަރާމާތް ނަގާލާ، ޤާނޫނާއި ހިލާފަށް މަޖިލިސް ހިންގަމުންދާކަމަށް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.