ވިޔަފާރި

އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ތިން މަސް ތެރޭ ނުދާހާ ދަށަށް
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ތިން މަސް ތެރޭ ނުދާހާ ދަށަށް ހިނގައްޖެއެވެ.


ތެޔޮ ރައްކާކުރެވިފައިވާ ވަރު ހީކުރި ވަރަށް ވުރެ އިތުރުވެފައިވާކަން އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ މިދަނޑިވަޅުގައި ތެލުގެ ޑިމާންޑަށް ވާނީ ކިހިނެއް ކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.


އެގޮތުން ނިއު ޔޯކަށް ތެޔޮ އެތެރެކުރާ ވެސްޓް ޓެކްސަސްއިން ތެޔޮ ފީފާއެއް ވިއްކާ އަގު ވަނީ ފީފާއަކުން އެކެއް ޕޮއިންޓް ފަހެއް ނުވައެއް ޑޮލަރު ވެއްޓިފައެވެ.


 
އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެނަރޖީއިން ހާމަކުރާ ގޮތުގައި އެގައުމުގައި ތެޔޮ ރައްކާކުރެވިފައިވާ މިންވަރު މިއޮކްޓޫބަރު މަހުގެ އެގާރަޔާ ހަމައަށް ހަތަރެއް ޕޮއިންޓް ސުމެއް މިލިއަން ފީފާއަށް


 


ވަނީ އިތުރުވެފައެވެ.