ދުނިޔެ

ޤުދުސްއަކީ މުސްތަޤުބަލުގެ ވެރިރަށް ކަމާމެދު މަޝްވަރާކުރެވޭކަށް ނެތް




 


އިރުމަތީ ޤުދުސްއަކީ މުސްތަޤުބަލުގެ ފަލަސްޠީނުގެ ވެރިރަށް ކަމީ، މަޝްވަރާކޮށް ބަހުސް ކުރެވޭނެ ކަމެއް ނޫންކަމަށް ފަލަސްޠީނުގެ ރައީސް – މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.


 
 


މީގެ އިތުރުން ސުލްޙައިގެ މަޝްވަރާތަކަށް ހާޒިރުވުމުގެ ޝަރުތެއްކަމުގައި އެއްބަސްވުމަކަށް އައިސްފައިވާ، ޤައިދީން މިނިވަންކުރުމުގެ ނުކުތާއަށް އިސްރާއީލުން އިޙްތިރާމް ނުކުރާނަމަ، އެމައްސަލަ ހިފައިގެން އ.ދށް ހިނގައިދާނެކަމުގެ އިންޒާރުވެސް ޢައްބާސް ދެއްވާފައިވާކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ. ޤުދުސްއާއި ނުލާ ސުލްޙައެއް ނޯންނާކަމަށް ޢައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ފަލަސްޠީނާ އިސްރާއީލާ ދެމެދު މިހާރު ކުރިޔަށްދާ މަޝްވަރާތަކަކީ 1967 ވަނަ އަހަރުކަނޑައަޅާފައިވާ  ސަރަޙައްދީ އިންތައް އަސްލަކަށް ބަލައިގެން ކުރިޔަށްދާ މަޝްވަރާތަކެއްކަން ޢައްބާސް ވަނީ ފާހަގަކުރައްވާފައެވެ.


 


ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މެދުއިރުމަތީގެ ސުލްޙައިގެ މަޝްވަރާތައް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. އެމެރިކާގެ އިސްނެގުމާއެކު ކުރިއަށްދާ މިމަޝްވަރާތަކާ ބެހޭ ތަފްސީލީ މަޢުލޫމާތު، މީޑިއާއަށް އަދި ހާމަނުކުރުމަށް އެމެރިކާއިންވަނީ ނިންމާފައެވެ.