ވިޔަފާރި

ޗައިނާއިން ބޭރު ގައުމުތަކާއެކު ކުރާ ގަނެވިއްކުމުގެ ވިޔަފާރީގެ ފައިދާ ދަށަށް




 


ޗައިނާއިން ބޭރު ގައުމުތަކާއެކު ކުރާ ގަނެ ވިއްކުމުގެ ވިޔަފާރީގެ ފައިދާ ދަށަށް ހިނގައްޖެއެވެ.


 
އެގޮތުން އޮގަސްޓް މަހު އަށާވީސް ޕޮއިންޓް ހަޔެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު އިރު ސެޕްޓެމްބަރުމަހުގެ ފައިދާ ވަނީ ފަނަރަ ޕޮއިންޓް ދޭއް ބިލިއަން ޑޮރަލަށް ދަށަށް ގޮސްފައެވެ. މިއަދަދު ދަށަށް ގޮސްފައިވަނީ ޗައިނާއިން މުދާ ބޭރު ކުރާ މިންވަރު، ވޭތުވެ ދިޔަ އަހަރުތަކުގައި ސުމެއް ޕޮއިންޓް ތިނެއް އިންސަތަޔަށް ދަށަށްގޮސް މިދިޔަ މަހު ސަތޭކަ އަށްޑިހަ ފަހެއް ޕޮއިންޓް ހައެއް ހަތަރެއް ބިލިއަން ޑޮލަރަށް ވެއްޓުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ޗައިނާ އިން މުދާ އެގައުމަށް އެތެރެކުރާ އަދަދު ހަތެއް ޕޮއިންޓް ހަތަރެއްގެ އިންސައްތައަކުން އިތުރުވަމުން ގޮސް ސަތޭކަ ހަތްދިހަ ޕޮއިންޓް ސާޅީސް ހަތަރެއް ބިލިއަން ޑޮލަރަށް އެރުމަކީވެސް މިކަމުގެ ސަބަބެއްކަމަށް ޚަބަރު ލިބެއެވެ.


 
 


ޗައިނާއިން ބޭރު ޤައުމުތަކާއެކު ކުރާ ވިޔަފާރީގެ ފައިދާ ދަށަށް ގޮސްފައިމިވަނީ ސެޕްޓެމްބަރުމަހު އަށާވީސް ބިލިއަން ޑޮލަރުގެ ފައިދާ އެއް ޖެހޭނެކަމަށް ކަމާ ގުޅޭ މާހިރުން ލަފާކޮށްފައި ވަނިކޮށެވެ.