ސިޔާސީ

އެމް.ޑީ.ޕީން އިންތިޚާބުގައި ބައިވެރިވުމަށް ނިންމާ އެކަން އިއުލާންކޮށްފި
 


އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިންމާ ގޮތަކަށް އެމް.ޑީ.ޕީން އަންނަ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް  ނިންމާ އެކަން އިއުލާންކޮށްފިއެވެ.


 
 


އެމް.ޑީ.ޕީން މިގޮތަށް ނިންމީ، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރާއި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ އިންތިޚާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެއިންތިޚާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ހުކުމް ކުރުމާ ގުޅިގެން އެމް.ޑީ.ޕީން ކުރިޔަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައެވެ. ނޮވެމްބަރު އެގާރައިގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރެވޭނެ ގޮތް ވަމުންދާތީ އެކަމާ އުފާކުރައްވާ ކަމަށާއި އެމްޑީޕީން އޮތީ ކޮންމެ ވަގުތަކު އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަކަށް ގޮވާލިޔަސް ވޯޓް ފޮށްޓަށް ވޯޓުލުމަށް ތައްޔާރުވެގެން ކަމަށް އެޕާޓީގެ ޗެއަރ ޕާސަން މޫސާމަނިކު ވަނީ މީގެކުރިން ވިދާޅުވެފައެވެ.