ޚަބަރު

ފައުޖުތަކުގެ ދައުރާ ގުޅޭގޮތުން ދެކެވުނު ވާހަކަތައް މެދުކަނޑާލައިފި
 


އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އަސްކަރީ ފައުޖުތައް 2014 ވަނަ އަހަރު އެޤައުމުން ފޭބުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި އަދާކުރާނެ ރޯލަކާ ބެހޭ ގޮތުން މި ދެޤައުމުގެ މެދުގައި ކުރިޔަށްދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އަފްޣާނިސްތާނާ އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.


 
މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަފްޣާނިސްތާނުގައި ތިބި އެމެރިކާ އަސްކަރިއްޔާގެ ހުރިހާ ސިފައިން އެޤައުމުން ބޭލުމަށް އޮތް ފުރުޞަތު ވަނީ ބޮޑުވެފައެވެ. ނަމަވެސް ޕެންޓަގަންއިން މީގެ ކުރިންވަނީ މިކަން ދޮގުކޮށްފައެވެ.


 
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ޕާކިސްތާނާއެކު ކުރިޔަށްދާ މަޝްވަރާތައް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މެދުކަނޑާލުމަށް އެމެރިކާއިން ތައްޔާރުވަމުންދާކަމަށެވެ. ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލު މަހުގެ ރިޔާސީ އިންތިޚާބަށްފަހު އެޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެމެރިކާއާއި ދެމެދު މަޝްވަރާތައް ކުރިޔަށް ދިއުން ނާދިރުކަމަށެވެ.