ސިޔާސީ

ރައީސްއާއި ބައްދަލުކުރެއްވީ ވާހަކަ ދައްކައިގެން ނޫނީ ވެރިކަން ބަދަލުވާއިރު ކަންކަން އަމާންކަމާއެކު ނުގެންދެވޭނެތީ- ނަޝީދު
ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސްންއާއި ބައްދަލުކުރެއްވީ މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ވާހަކަ ދައްކައިގެން މެނުވީ އިންތިޚާބަށްފަހު ވެރިކަން ބަދަލުވާއިރު ރާއްޖޭގެ ކަންކަން އަމާންކަމާއި އެކު ނުގެންދެވޭނެތީކަމަށް އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


މިއަދު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫ އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ


 


އިންތިޚާބު ވިޔަސް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން ދިއުމަކީ ވެސް ރައީސް ވަހީދާ ބައްދަލުކުރެއްވި އެއް ސަބަބު ކަމަށާއި، އެކަން ކަމާއިމެދު ރައީސް ޑރ.ވަހީދު ވިސްނަވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ނަޝީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ވޯޓުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށާއި، އެ ދެ މުއައްސަސާގައި ގިނައިން ތިއްބެވީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންކަމަށެވެ.