ސިޔާސީ

ޕީޕީއެމްއިން ލޭ ހަދިޔާކުރަނީ

ޕީޕީއެމްއިން އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަޙްމަދު ނިހާން ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަހާއި ގުޅިގެން އެޕާޓީން ބާއްވާ ހަރަކާތެއްކަމަށެވެ. އަދި މި ޕްރޮގްރާމަކީ ރަމްޟާން މަހުގައި ލޭ ހޯދުމަށް ދަތިތަކާއި ކުރިމަތިވެދާނެތީ އެކަމަށް ފަސޭހަގޮތެއް ހޯދާދިނުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި މިކަމަށް ތަރުހީބު ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.ވީހާ ގިނަބަޔަކު މިހަރަކާތުގައި ބައިވެރިވެދިނުމަށް އެޕާޓީން އެދެއެވެ. މި ޕްރޮގްރާމްގެ ދަށުން ދުއިސައްތަ ޕޮއިންޓްގެ ލޭ ހޯދުމަށް  އަމާޒު ކޮށްފައިވާކަމަށް އެޕާޓީން ބުނެއެވެ.