ކުޅިވަރު

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް މުއިވެޔޮ ފްރެންޑްސް ދަތުރުކޮށްފި

 


ތިންވަނަ ޑިވިޜަނުގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް މުއިވެޔޮ ފްރެންޑްސް ގްރޫޕް އެގާރައިން އަނެއް ބުރަށް ދަތުރުކޮށްފިއެވެ. މިއަދުގެ މެޗް މުއިވެޔޮ ކާމިޔާބުކުރީ އެމްއެސް ހެލްޕިންގ ހޭންޑް ސްޕޯރޓްސް އެކަޑަމީއާ ވާދަކޮށް އެކެއް ސުމަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ޔާމިން މުޙައްމަދު. ގްރޫޕުގައި ކުރިން ކުޅުނު މެޗް މުއިވެޔޮ ފްރެންޑްސް ކާމިޔާބުކުރީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް ފަހެއް ސުމަކުން މެޗް ކާމިޔާބުކޮށްގެންނެވެ.