ކުޅިވަރު

ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން މެންޗެސްޓައަށް ޗެމްޕިއަންސްލީގުގެ ފުރަތަމަ މޮޅު




 






ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ޗެމްޕިއަންސްލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވޭން ރޫނީ އެކުލަބަށް ދުއިސައްތަ ވަނަ ލަނޑު ޖަހައިދީ ޓީމް މޮޅުކޮށްދީފިއެވެ. ރޫނީއަކީ މެންޔޫއަށް ދުއިސައްތަ ލަނޑު ޖަހައިދިން ހަތަރު ވަނަ ކުޅުންތެރިޔާއެވެ. ކްލަބް ދޫކޮށްލަން ބޭނުންވެ އެކަން ހުށައެޅި ނަމަވެސް ކްލަބުން ދޫނުކޮށްލި ރޫނީ ވަނީ ރޭގެ މެޗުގައި ދެލަނޑު ޖަހާފައެވެ. ބަޔާން ލެވަކޫސަންއާއި ވާދަކުރި މެޗު މެންޔޫ ކާމިޔާބުކުރީ ހަތަރެއް ދޭކުންނެވެ. ފުރަތަމަ ގޯލް ޖެހީވެސް ރޫނީއެވެ. މެންޔޫގެ އަނެއް ދެލަނޑު ޖެހީ ވެންޕާސީއާއި އެންޓޯނިއޯ ވެލެންސިޔާއެވެ. މެޗަށްފަހު މެންޔޫގެ ކޯޗު ބުނީ ޗެމްޕިއަންސްލީގު ކާމިޔާބުކުރަން ބޭނުންނަމަ ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިން ބޭނުންވާކަމަށާއި، ރޫނީއަކީ އޭގެތެރެއިން ކުޅުންތެރިއެއްކަމަށެވެ. ކޯޗު އިޝާރާތްކުރީ ރޫނީ ކްލަބް ދޫކޮށްލަން ބޭނުންވި ނަމަވެސް އޭނާ ހިފެހެއްޓި ހިފެހެއްޓުމަށެވެ. މެޗަށްފަހު ބަޔާން ލެވަކޫސަންގެ ކޯޗު ބުނީ އެމީހުން ބަލިވީ މޮޅު ޓީމެއްގެ އަތުންކަމަށެވެ.