ކުޅިވަރު

ޗެމްޕިއަންސްލީގުގެ ފެށުން މެންޗެސްޓަރ ސިޓީން ރަނގަޅުކޮށް
 


ޗެމްޕިއަންސްލީގުގެ ފެށުން މެންޗެސްޓަރ ސިޓީންވެސް ރަނގަޅުކޮށްފިއެވެ. ސިޓީގެ ފެށުން ރަނގަޅުކުރީ ޗެކްރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާއި ވާދަކޮށް ތިނެއް ސުމަކުން ކުރި ހޯދައިގެންނެވެ. މެޗުގައި ސިޓީގެ ތިން ލަނޑު ޖެހީ އެޑިން ޒެކޯއާއި ޔާޔާ ޓޫރޭގެ އިތުރުން ސާޖިއޯ އަގުއެރޯއެވެ. މެޗަށްފަހު ސިޓީގެ ކޯޗު ޕްލެގްރިނީ ބުނީ ފުރަތަމަ ހާފްގައި ލިބުނު ހުސް ތިން ފުރުޞަތެއް ބޭނުން ނުކުރެވި ދިޔަކަމަށެވެ. ނަމަވެސް ރަށުން ބޭރުގައި ތިނެއް ސުމަކުން މޮޅުވުމަކީ ރަނގަޅު ފެށުމެއްކަމަށް ޕެލެގްރީނީ ބުނިއެވެ. މިފެށުމާއެކު ޓީމްގެ އިތުބާރު ބޮޑުވާނެކަމަށް އޭނާ ބުނިއެވެ. ސިޓީއަށް މުބާރާތުގައި ދެން އޮންނާނީ ޗެމްޕިއަން ބަޔާންމިޔުނިކާއި ވާދަކުރަން ޖެހޭ މެޗެވެ.