ކުޅިވަރު

ޗެންޕިއަންސްލީގްގައި ބަޔާން ކުޅުނު މެޗް ފަސޭހަކަމާއެކު އެޓީމް ކާމިޔާބުކޮސްފި




 






ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ފަސޭޙަކަމާއެކު ކާމިޔާބުކޮށްފިއެވެ.


ރޭ ސީއެސްކޭ މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗް ބަޔާން މިޔުނިކް ކާމިޔާބުކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗްގައި ބަޔާން މިޔުނިކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާއާ، މާރިއޯ މަންޒޫކިޗްގެ އިތުރުން އާޔެން ރޮބެންއެވެ. މެޗަށްފަހު ސީއެސްކޭ މޮސްކޯގެ ކޯޗް ލިއޮނިޑް ސްލަޓްސްކީ ބުނީ މެޗުން މޮޅުވީ މޮޅަށް ކުޅުނު ޓީމު ކަމަށާ ކައުންޓާރ އެޓޭކްގައި ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުން ކުރެވުނު ނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވީސް ކަމަށެވެ. މި މެޗަކީ ބަޔާން މިޔުނިކްގެ ކޯޗްކަމާ ޕެޕް ގާޑިއޯލާ ހަވާލުވިފަހުން ޗެމްޕިއަންސް ލީގުގައި އެ ޓީމަށް އޭނާ އިރުޝާދު ދިން ފުރަތަމަ މެޗް ކަން ފާޙަގަކޮށްލެވެއެވެ.