ކުޅިވަރު

ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި





 









ތިއާގޯ މޮއްޓާގެ ދެ ލަނޑާއެކު ހަތަރެ އެކަކުން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ. ފްރާންސްގެ ޕެރިސް ސައިންޓް ޖާމަންއިން މިމެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު އިޓަލީ މިޑްފިލްޑަރ ތިއާގޯ މޮޓާ ކާމިޔާބުކޮށްދިން އިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީއާ ބްރެޒިލްގެ ޒުވާން ޑިފެންޑަރ މާކީނޯސްއެވެ. ގްރޫޕް ސީގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ބެންފީކާ އާއި އަންދަރލެޗްއެވެ. މިމެޗް ދޭއް ސުމަކުން ކާމިޔާބުކުރީ ބެންފީކާއެވެ.