ކުޅިވަރު

ޗެންޕިއަންސް ލީގްގައި މިރޭ ވަރުގަދަ މެޗްތަކެއް
 


ޔުއެފްއާ ޗެމްޕިއަންސް ލީގުގައި މިރޭވެސް ވަރުގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގްރޫޕް އޮފް ޑެތް ގެ ގޮތުގައި މިފަހަރު ބެލެވޭ ގްރޫޕް އެފްގެ މެޗުތައްވެސް މިރޭ ކުޅެވޭނެއެވެ. މިގްރޫޕްގައި މިރޭ ކުޅެވޭނީ، ބޮރޫޝިއާ ޑޯޓްމަންޑާއި ނަޕޮލީ އަދި އާސެނަލް އާއި މާސެއެވެ. މީގެއިތުރުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗު ތަކުގެ ތެރޭގައި، އޭސީ މިލާން އާއި ސެލްޓިކް ބައްދަލުކުރާ މެޗާ، ޗެލްސީ އާއި ބާސެލް އަދި ބާސެލޯނާ އާއި އަޔަކްސް ބައްދަލުކުރާ މެޗުތައް ފާހަގަކޮށްލެވެއެވެ. މިމެޗްތައް ފަށާނީ މިރޭ ރާއްޖެގަޑިން އެގާރަގަޑި ސާޅީސް ފަހެއްގައެވެ.