ކުޅިވަރު

ލިވަރޕޫލްއާ ސްވަންސީ ދޭއް ދޭކުން އެއްވަރުވެއްޖެ

 


ކުރިން ލިވަރޕޫލަށް ކުޅުނު ޖޮންޖޯ ޝެލްވީގެ ހިއްސާބޮޑު ހަތަރު ގޯލް ފެނިގެން ދިޔަ މެޗުގައި، ލިވަރޕޫލްއާ ސްވަންސީ ދޭއް ދޭކުން އެއްވަރުވެއްޖެއެވެ. ޕްރިމިއަރ ލީގުއި ރޭ މި ދެޓީމް ބައްދަލްކުރި މެޗް އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ލިވަރޕޫލް އަލުން ލީގުގެ އެއްވަނަ މަގާމަށް ޖެހިލިނަމަވެސް މި ސީޒަނުގައި ހުރިހާ މެޗަކުން ލިވަރޕޫލް މޮޅުވަމުންދާ ދިއުމަށް ވަނީ ނިމުން އައިސްފައެވެ.


 


ނިމިދިޔަ ޓްރާންސްފަރ ވިންޑޯގައި ލިވަރޕޫލުން ސްވަންސީއަށް ބަދަލުވި ޝެލްވީ ވަނީ މެޗް ފެށިގެން މިނެޓެއްހާއިރުތެރޭ ސްވަންސީއަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދީ، އޭނާގެ އާ ޓީމަށް ލީޑް ނަގާދީފައެވެ. ފުރަތަމަ ގޯލް ޖެހިތާ މާގިނައިރެއްނުވަނީސް ޝެލްވީއަށް ހެދުނު ގޯހެއްގެ ފައިދާނަގާ، ލިވަރޕޫލަށް އެއްވަރުކޮށްދިނީ ޑެނިއެލް ސްޓަރިޖްއެވެ. ފުރަތަމަ ފަހަރަށް މެޗުގައި ލިވަރޕޫލް ލީޑް ނެގީ ޝެލްވީއަށް ހެދުނު ގޯހަކާއެކު ވިކްޓަރ މޯސެސް ކާމިޔާބުކުރި ގޯލަކުންނެވެ. ދޭއް އެކަކުން ލިވަރޕޫލް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފުގައި ސްވަންސީގެ ގޯލް މިޗޫ ކާމިޔާބުކުރީވެސް ޝެލްވީގެ އެހީތެރިކަމާއެކުއެވެ.


މި މެޗުން ލިބުނު ޕޮއިންޓާއެކު، ލިވަޕޫލަށް ވަނީ ދިހަ ޕޮއިންޓް ލިބިފައެވެ. ސްވަންސީ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތޭރަ ވަނައިގައެވެ.