ދިފާޢީ ހެކިން ހުށައެޅުމަށް 5 ދުވަސްދީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި

LIVE

ދިފާޢީ ހެކިން ހުށައެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ 2 ގަޑިއިރާއި 30 މިނެޓަށް ފަހުގައެވެ. ރާއްޖޭގެ ޓީވީތަކުން ވަގުތުންގެނެސްދިން ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާއެވެ. މިމަރުހަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާގެ އަސްލަށް އިންކާރުކުރައްވައި ހުށައެޅި ފަސް ކަމެއް ބަލައި ނުގަތުމަށް ކްރިމިނަލްކޯޓުގެ އިސްޤާޒީ އަޙްމަދު ހައިލަމް ވަނީ ނިންމަވާފައެވެ. އަދި ދައުލަތުނގެ ވަކީލުންވަނީ މިމައްސަލައިގެ ތަފްސީލްހިއްސާކުރައްވާފައެވެ.

ދިފާޢީ ހެކިން ހުށައެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ 2 ގަޑިއިރާއި 30 މިނެޓަށް ފަހުގައެވެ.

ރާއްޖޭގެ ޓީވީތަކުން ވަގުތުންގެނެސްދިން ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާއެވެ. މިމަރުހަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާގެ އަސްލަށް އިންކާރުކުރައްވައި ހުށައެޅި ފަސް ކަމެއް ބަލައި ނުގަތުމަށް ކްރިމިނަލްކޯޓުގެ އިސްޤާޒީ އަޙްމަދު ހައިލަމް ވަނީ ނިންމަވާފައެވެ. އަދި ދައުލަތުނގެ ވަކީލުންވަނީ މިމައްސަލައިގެ ތަފްސީލްހިއްސާކުރައްވާފައެވެ.

މިއަދު ކުރިއަށްދިޔަ އިބްތިދާއީ މަރުހަލާ ނިންމާލީ ދައުލަތުން ކުރިން ހުށައަޅާފައިވާ ހެކިންގެ އިތުރުން، އިތުރު ދެ ފަރާތެއް ހެކިންގެ ގޮތުގައި ހުށައެޅުމުން އެކަމާމެދު ދައުވާލިބޭ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާއި އަދި މައްސަލާގެ ދައުވާ ފޯމުގައި އިތުރު ބައެއް ހެކިންގެ ގޮތުގައި ހުށައަޅާފައި ނުވުމުން އެ ދެފަރާތުގެ ހެކިބަސް ނުނެގުމަށް ނިންމާފައެވެ. މިމައްސަލައިގެ ޝަރީއަށްވެސް މިއަދު ފަށާފައިވާއިރު، ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނަގާނީ އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައިކަމަށް ޤާޒީ ހައިލަމް ވިދާޅުވިއެވެ. އަދި ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހެކިން ހުށައެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ދެއްވާފައެވެ.

ޔާމީން ދިފާއުގައި ދެއްކެވި ވާހަކަތަކުގެ ރައްދުގައި ދައުލަތުން ވިދާޅުވީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީވެސް ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި އެ ލިޔުން ދައުވާ ލިބޭ ފަރާތަށް ދެވެން ނެތީ އެއީ ސިއްރު ލިޔުމެއް ކަމަށް ވާތީ ކަމަށެވެ.

ޔާމީންގެ އެކައުންޓުގައި ހުރި ޝައްކު އުފެދޭ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރި ސަބަބާ ބެހޭ ގޮތުން ޔާމީން ވިދާޅުވީ އެއީ ގާނޫނާ ހިލާފް ފައިސާ ކަމަށް ކަނޑައަޅައިފިނަމަ، އެ އެކައުންޓަށް ޖަމާކުރީ ޤާނޫނާ ޚިލާފް ފައިސާ ކަމަށް ވެދާނެތީ ކަމަށެވެ. އަދި އެސްކްރޯ އެއްބަސްވުމުގައި، އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަން ބަލާނެ ކަމަށް އޮތް ކަމަށާއި އަދިވެސް އެކަން ބަލައި ނުނިމޭ ކަން ޔާމީން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފް އާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާ، ޖަމާކުރި ފައިސާއަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ފައިސާނަމަ އެކަން އޭސީސީއަށް ހުއްޓުވޭނެކަމަށެވެ. އަދި އެއްވެސް ތަހްޤީޤީ އިދާރާއަކުން އަދި އޭސީސީންވެސް އެ ފައިސާ ދިނުމަށް އަންގާފައި ނުވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އަނގަ ބަހުންވެސް އެކަން އަންގާފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ

ޔާމީން ވިދާޅުވީ ފައިސާ ޖަމާކުރަން ދިޔައީ ކާކު ކަމެއްވެސް ނޭގޭ ކަމަށާ، އެ ފައިސާ ޖަމާކުރިކަން ބޭންކުންވެސް އަންގާފައި ނުވާކަމަށެވެ.

ދައުވާއާ ގުޅިގެން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ކެމްޕެއިން ދުވަސްވަރު އެމަނިކުފާނުގެ ފައިސާ މެނޭޖް ކުރަމުންދިޔައީ، ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ކަމަށެވެ. އަދި 2015 އޮކްޓޫބަރުގައި އެ ފައިސާ ޖަމާކުރީވެސް އަދީބު ކަމަށެވެ.

ޔާމީންގެ ފަރާތުން ހުށައެޅި ދެވަނަ ހުށައެޅުންވެސް ބަލައި ނުގަތުމަށް ގާޒީ ނިންމަވައިފި.

ވަގުތު ބަޔާންނުކޮށް މައްސަލަ ހުށައަޅާފައި އޮތުމުން އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ހުށައެޅި ހުށައެޅުން ބަލައިނުގަތުމަށް ގާޒީ ނިންމަވައިފި. ގާޒީ ވިދާޅުވީ ވަގުތު ބަޔާންކޮށްފައި ނެތުމަކީ ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ސަބަބެއް ނޫންކަމަށެވެ.

ޔާމީންގެ އެކުންޓަށް ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާވިކަން ޔާމީންނަށް އެނގޭކަމަށާއި އެ ކަން ކުރި ހެކިންވެސް ދައުލަތުންގެ ދައުވާ އިން އެގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކަށް ޝައްކު ލިބޭ ފަރާތައް އަންގަން ޖެހޭނަކަމަށް ދުވަހަކުވެސް ކާކުތޯ އެކަމާއި އެއްބަސްވާނީ.

ޔާމީންގެ ވަކީލު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝަކުކުރެވޭ ފައސާކަމަށް ބުނާއިރު އެކަން ޔާމީނަށް ނޭނގޭކަމަށް.

ޔާމީންގެ ދިފާއީ ވަކީލުންނަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ހުށަހަޅާނެ ގޮތް ސާފުކޮށް އެބައޮތް ކަމަށާ ދައުލަތުގެ ދައުވާ އޮތީ އެ ޤާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ދައުވާ ފޯމުގައިވެސް އެކަން ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

ޔާމީންގެ ވަކީލް އާސިފް ވަނީ ދައުވާގައި، ކުށް ސާފުކޮށް ބަޔާންކޮށްދޭން ޖެހޭއިރު، އެކަން އެހާ ސާފުކޮށް އެނގެން ނެތް ކަމަށެވެ.

ދައުވާ ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް ޔާމީންގެ ވަކީލު ބުނާ ވާހަކަ އަށް ރައްދު ދެއްވަމުން ދައުލަތުގެ ސީނިއާ ޕްރޮސިއުޓާ އައިމިނަތު މުޙައްމަދު ވިދާޅުވީ، ދައުވާކުރި މަނީ ލޯންޑަރިން ޤާނޫނުގައި ވަރަށް ސާފުކޮށް ކުށް ބަޔާންކޮށްފައި އެބައޮތް ކަމަށާ، އެހެންކަމުން އެކަންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ޔަމީންގެ ވަކީލު ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، ކުށުގެ ނަން ނޫން އެހެން ކަމެއް ބަޔާންކޮށްފައިނުވާ ކަމަށާ އެހެންކަމުން ދައުވާ ސާފު ނުވާކަމަށް ބުނެފައި

ދައުވާއާ ގުޅޭގޮތުން ޔާމީންގެ ފަރާތުން ފާހަގަކުރާ ކަންކަން، ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ޔާމީންގެ ފަރާތުން ވަކީލް ޝިޔާޒް ވިދާޅުވީ، ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތަކީ ޖިނާއީ ކުށް ސާބިތުގެ ހުކުމް ތަންފީޒް ކުރަމުންދިޔަ ދެ ފަރާތަށް ވުމުން އެ ދެ ފަރާތުގެ ހެކި ބަސް ޔާމީނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ފަށައިފިއެވެ.

މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެ ކޯޓުން ކުރި އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މި މައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހުވެސް ވަނީ ބާއްވާފައެވެ.