ޖަވާބުދާރީވާން 5 ދުވަހުގެ މުހުލަތެއް ފަނޑިޔާރު ދީދީއަށް ދެއްވާ މިއަދުގެ އަޑުއެހުން ނިންމާލައިފި

LIVE

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ތަހުޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށްގެންދާ ތަހުޤީޤެވެ. ފަނޑިޔާރު ދީދީއާ ދެކޮޅަށް ފަސް ސްލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ. މިމައްސަލަ ދަރުބާރުގޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ޖޭއެސްސީން ނިންމީ ފަނޑިޔާރު ދީދީ އެގޮތަށް އެދިވަޑައިގެންފައިވާތީއެވެ.

ލިއުމުން ޖަވާބުދެއްވުމަށް ފަނޑިޔާރު ދީދީއަށް 5 ދުވަހުގެ މުހުލަތެއް ދެއްވުމަށްފަހު މިއަދުގެ ތަހްޤީޤު އަޑުއެހުން ނިންމާލައިފި. ދެން އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން ޢިއުލާންކުރާނެކަމަށް ރިޔާސަތުން ޢިއުލާންކުރެއްވި.

މިމައްސަލާގައި ތަޙްޤީޤަށް ޖަވާބުދާރިވުމަށް ފަނޑިޔާރު ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދެއްވުމަށް ތަހްޤީޤު ކޮމިޓީން ނިންމައިފި

ތަހުޤީޤު ކޮމިޓީން ބުނީ ޖޭއެސްސީން ބަލަމުން ދަނީ ރައީސް މުހަންމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށް. އަދި އެމްމަބަރުންގެ މަސްލަޙަތެއް ނެތްކަމަށް.

ޖޭއެސްސީގެ ތަހްޤީޤު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޤާނީ ވަކީލުންގެ ޓީމުގައި ކުރިން ހިމެނިވަޑައިގެންނެވި 3 މެމްބަރުން މިތަހުޤީޤުން ތަނާޒުލުވާންޖެހޭކަމަށް ފަނޑިޔާރު ދީދީއާއި އޭނާގެ ޤާނޫނީ ޓީމުން ދެކޭކަން ހާމަކޮށްފި.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވަން ވަގުތުބޭނުންވާކަމަށާ، މިމައްސަލައާ ގުޅިގެން ހެކީގެގޮތުގައި މިއަދު ތަހުޤީޤުން ލިބުނު ލިޔެކިއުންތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭކަމަށް ދީދީގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވަމުންދޭ.

ފުލުހުންގެ ތަޙުޤީޤުގެ ތެރެއިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ "ސަސްޕެކްޓް1"އާއި ފަނޑިޔާރު ދީދީ އާމެދު ކޮށްފައިވާ ޗެޓްލޮގެއްކަމަށް ބުނާ ޑޮކިއުމެންޓެއްގެ ހުރި ވާހަކަތަކާމެދު ދީދީއާ އަނެއްކާވެސް ސުވާލުކުރަން ފަށައިފި

ތަހްޤީޤު ޓީމަށް ޖަވާބުދެއްވަމުން ފަނޑިޔާރު ދީދީ ވިދާޅުވީ މިމަހުގެ 10ވަނަ ދުވަހު ފުލުހުންވަނީ އޭނާއާމެދު އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ލިއުމުން އަންގާފައިކަމަށާ، އެހެންކަމުން މިއަދު މިތަހުޤީޤުގައި ކުރާ ތުހުމަތުތަކުގެ ހެކި ހޯދިގޮތާއި އޭގެ ސައްޙަކަމާމެދު އުފެދޭ ސުވާލަށް ޖަވާބު ބޭނުންވާކަމަށް. އެހެންކަމުން ޖަވާބުދެއްވުމަށް މިކަންކަން ސާފުވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް.

ތަހްޤީޤު ޓީމުން ވިދާޅުވީ ރައީސް ނަޝީދު ފޮނުއްވި ސިޓީއާ ގުޅޭ މައްސަލައަކީ އެހެން މައްސަލައެއްކަމަށް. އެމައްސަލަ ކުރިއަށްދާ ދުވަހަކު އެއާގުޅޭ ލިޔެކިއުންތައް ލިބޭނެކަމަށް. އަދި އެކަމާ ގުޅޭ މަޢުލޫމާތު އެމައްސަލައެއް ބަލާދުވަހަކު ދެއްކުމަށް އިލްތިމާސްކުރައްވާކަމަށް. އަދި ތަހްޤީޤުގައި ކުރާ ސުވާލުތަކަށް ދީދީގެ ފަރާތުން ޖަވާބުދެއްވަން ބޭނުންފުޅުނުވާނަމަ އެކަން އަންގަވައިދެއްވުމަށް ތަހުޤީޤު ޓީމުން ވިދާޅުވޭ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް ފޮނުއްވި ސިޓީ ބޭނުންވާކަމަށް ދީދީގެ ވަކީން ތަކުރާރުކޮށް ވިދާޅުވަމުންދޭ

ދީދީގެ ވަކީލުން އަނެއްކާވެސް ގެންދަވަނީ ޤާނޫނީ ނުކުތާތައް ނަންގަވައިގެން ވާހަކަފުޅުދައްކަވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރުކުރައްވަމުން

ފަނޑިޔާރު ދީދީގެ ފަރާތުން ސުވާލުތަކަށް ޖަވާބެއްނުދެއްވާ

އަނެއްކާވެސް ތަހުޤީޤުޓީމުން ދަނީ ފަނޑިޔާރު ދީދީއަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ސުވާލުކުރަމުން

ފަނޑިޔާރު ދީދީ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވުމާގުޅޭ ތާރީޚުތަކާގުޅޭގޮތުން ތަޙުޤިޤު ޓީމުން ތަކުރާރުކޮށް ސުވާލުކުރައްވަމުން އެބަދޭ. މިސުވާލުތަކަށް ޖަވާބުދެއްވުވުމުގެ ބަދަލުގައި ފަނޑިޔާރު ދީދީ ވިދާޅުވަމުންގެންދަވަނީ މިއަދު އޭނާގެމައްޗަށް ތުހުމަތުކޮށް ޖޭއެސްސީން ހާމަކުރެއްވި ކަންކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ތަހްޤިޤު ބައްދަލުވުމަށް ވަޑައިގަތުމުންކަމަށް. އެހެންކަމުން މައްސަލާގައި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދެއްވަން ވަގުތު ބޭނުންވާކަމަށް.

ތަހްޤީޤު ކުރިއަށްގެންދާ މާލަމުގެތެރޭގައި އަޑުއަހަންތިބި ޢާއްމުންގެ ތެރެއިން އަޑުގަދަވެ ހަމަޖެހުން ހިނގަންފެށުމާއެކު، ސަލާމަތީކަންކަން ބަލަހައްޓަވާ ފަރާތްތަކުން އެކަން ހުއްޓުވައިފި

ފަނޑިޔާރު ދީދީގެ ވަކީލުންގެ ޝަކުވާ: އެކަށީގެންވާ ވަގުތު ނުލިބޭ. ތަޙުޤީޤު ކޮމިޓީގައި ތިއްބެވި ބޭފުޅުންނަކީ މިމައްސަލަ ބެލުމުގައި މަސްލަހަތު ފުށުއަރާ ބޭފުޅުން. ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ކުރިއަށްގެންދަވާ

ތަހުޤީޤާ ގުޅޭގޮތުން ފަނޑިޔާރު ދީދީއާ ސުވާލުކުރައްވަން ފަށްޓަވައިފި

ފަނޑިޔާރު ދީދީއާމެދު ޖޭއެސްސީން ކުރިއަށްގެންދާ ތަހްޤިޤާމެދު ދީދީގެ ޤާނޫނީ ޓީމުން ގިނަ ދުވާލުތަކެއް އުފައްދަވައިފި. ފުލުހުން ބަލަމުންދާ އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅޭ ތަހްޤީޤުގަށް ލިބިފައިވާ މަޢުލޫމާތުތަކުން ފަނޑިޔާރު ދީދީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާއިރު، އެމްއެމްޕީއާރުސީގެ ތަހްޤީޤަކީ މީގެ ދެއަހަރެއްހައިދުވަސް ކުރިން ހިންގަންފަށާފައިވާ ތަހްޤީޤެއްކަން ދީދީގެ ވަކީލުން ފާހަގަކުރެއްވި.

އަދި ފަނޑިޔާރު ދީދީއާމެދު އެއްވެސް މައްސަލައެއް ފުލުހުން ތަހްޤިޤުކުރަމުންދޭތޯ ބެލުމަށް ދީދީގެ ފަރާތުން ފުލުހުންނަށް ސިޓީއެއްފޮނުވުމުން، މިމަހުގެ 10ވަނަ ދުވަހު ފުލުހުންވަނީ ދީދީއާމެދު އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ލިއުމުން ދީދީއަށް ޖަވާބުދެއްވާފައިކަމަށް ވަކީލުން ވިދާޅުވި.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމާ ބެހޭގޮތުން ވަކީލުންގެޓީމުން ގިނަ ވާހަކަތައް ދައްކަން ފެށުމުން ޖޭއެސްސީންވަނީ އެކަންކުރީ ޖޭއެސްސީގެ ޤާނޫނާއި ޤަވާއިދުގެތެރެއިންކަމަށް އަދި މިއަދު މިކުރިއަށް ގެންދަނީ ސަސްޕެންޑްކުރި މައްސަލައައާ ގުޅޭ ކަމެއް ނޫންކަމަށް ޖޭއެސްސީން ވިދާޅުވި. އަދި ވަކީލުން ވާހަކަފުޅުދައްކަވަންވާނީ ހުށެހެޅިފައިވާ މައްސަލައަށްކަމަށް ކޮމިޝަނުން ވިދާޅުވި.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ކުރިއަށްގެންދާ ތަހްޤީޤަކީ ޤާނޫނުއަސާސީއާ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ހިންގާ ތަހުގީގެއް ކަމަށާ، މިތަހްޤިޤުގައި ފަނޑިޔާރު ދީދީއަށް މިހާތަނަށް އެކަށީގެންވާ ވަގުތު ދީފައި ނުވާކަމަށާ، ބޭނުންވާ ބައެއް ލިޔުންތައްވެސް ފަނޑިޔާރު ދީދީއަށް ޖޭއެސްސީން ފޯރުކޮށްނުދޭކަމަށް އޭނާގެ ވަކީލުންގެޓީމުން ބުނެފި

މީގެއިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލި މައްސަލާގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ މީހަކާ މުޢާމަލާތްކޮށްފައިވާކަން "ސަސްޕެކްޓް 1"ގެ ފޯނުން ފުލުހުން ހޯދި ފޮރެންސިކް ހެކިން ހާމަވެފައިވާކަންވެސް ފުލުހުންނާ ޙަވާލާދެއްވައި ޖޭއެސްއެސްސީން ހާމަކުރެއްވި

ވަކި ގޮތަކަށް ބައެއް މީހުންގެމައްޗަށް ހުކުމް ކުރުމަށް ޝަރުޠުކޮށް ފައިސާއާއި ސިޔާސީ އެކިއެކި މަންފާތައް ފަނޑިޔާރު ދީދީ އަށް "ސަސްޕެކްޓް 1"ގެ ނަމުގައި ފުލުހުން ހާމަކުރައްވާފައިވާ އެމްއެމްޕީއާރުގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ފޯރުކޮށްދީފައިވަކަން ފުލުހުންނާ ޙަވާލާދީ ޖޭއެސްސީންވަނީ ހާމަކުރައްވާފައި

ފުލުހުންގެ ތަހްޤިޤާ ގުޅިގެން ފުލުހުންފަރާތުން ޖޭއެސްސީއަށް ފޮވި މަޢުލޫމާތު އެކޮމިޝަނުން ވަނީ ތަފްސީލްކޮށް ހާމަކުރައްވާފައި

އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ފަނޑިޔާރު ދީދީ އަށް ފައިސާއާއި އެކިއެކި އިނާޔަތާއި އެހީތައް ދީގެން ޝަރީޢަތާއި ޢަދުލުއިންސާފަށް ނުފޫޒުފޯރުވާފައިވާކަމަށް ހާމަކޮށްފައިވޭ

ފަނޑިޔާރު ދީދީއަށް އެންއެން ޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ފޯރުކޮށްދިންކަމަށް، އެމްއެމްޕީއާރުސީގެ ތަހްޤީގަށް ބަޔާންދިން އަދި މިމައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ފުލުހުންނަށްދިން ބަޔާނުގައި ބުނެފައިވާކަން ޖޭއެސްސީން ހާމަކޮށްފި. ފުލުހުންނަށް ބަޔާންދިން މީހާގެ މަޢުލޫމާތު ހާމައެއް ނުކުރޭ.

ފަނޑިޔާރު ދީދީއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުން ބަލަމުންދާ މައްސަލަތަކުގެތެރެއިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ހޯއްދެވި ކަމަށް ތުހުމަތުކުރާ މައްސަލައާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރު ދީދީ ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ ހިމެނޭކަމަށް ޖޭއެސްސީން ވިދާޅުވެއްޖެ

މި ތަޙްޤީޤުކުރިއަށްގެންދާ ޖޭއެސްސީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ

ޖޭއެސްސީގެ ތަހުޤީޤު ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މަސްތޫރު ހުސްނީ

ރާއްޖޭގެ ފަނޑިޔާރަކާ ބެހޭތަހުގީގެއް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ތަހްޤީޤު

ފަނޑިޔާރު ދީދީގެ ތަހްޤީޤު ފަށައިފި

ފަނޑިޔާރު ޑީޑީގެ ވަކީލުންގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދާއި ޖޭއެސްސީގެ ކުރީގެ މެންބަރު ޤާނޫނީ ވަކީލް ރޭނިސް ސަލީމް ބައިވެރިވެ ވަޑައިގަންނަވާ

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ތަހުޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށްގެންދާ ތަހުޤީޤެވެ.

ފަނޑިޔާރު ދީދީއާ ދެކޮޅަށް ފަސް ސްލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ. މިމައްސަލަ ދަރުބާރުގޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ޖޭއެސްސީން ނިންމީ ފަނޑިޔާރު ދީދީ އެގޮތަށް އެދިވަޑައިގެންފައިވާތީއެވެ.