މަޖިލިސް ރަައީސަކަށް ނަޝީދު، ނާއިބު ރައީސަކަށް އީވާ

LIVE

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި 65 މެމްބަރުންނާއި އެކު އެމްޑީޕީން ބާއްވާ ފުރަތަމަ ޕީޖީ ގްރޫފްގެ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެއެވެ. މިރޭގެ މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން މެމްބަރެއް ކަޑައެޅުމަށް ނަގާ ވޯޓް ނެގުން އޮންނާނެއެވެ.

މަޖިލިސް ރަައީސަކަށް ނަޝީދު، ނާއިބު ރައީސަކަށް އީވާ

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށައަޅަން އެޕާޓީގެ އިންތިޚާބީ ޕާލިމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރެފިއެވެ.

މިގޮތަށް ނިންމާފައިވަނީ ދަރުބާރުގޭގައި ބޭއްވި 19ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އެޕާޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ. މަޖިލިސް ރައީސަކަށް ފަހުވަގުތު ރައީސަކަށް ނަޝީދުގެ ނަންފުޅު ހުށަހަޅަން ފާސްކުރިއިރު މަޖިލީހުގެ ނާއިބު ރައީސަކަށް ހުށަހަޅަން ފާސްކުރީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެނަންފުޅެވެ.

ނަޝީދާއި އިވާވާގެ ނަންފުޅު ހުށައެޅުމަށް ވިޕްލައިން ނެރެން ފާސްވީވެސް ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. ގިނަ ބަޔަކު ހީކުރިގޮތާއި ޚިލާފަށް ނަޝީދުގެ ނަންފުޅު ހުށަހަޅައި ފަހުވަގުތު ފާސްވެގެން ދިޔައިރު މިރެއާ ހަމައަށްވެސް މަޖިލިސް ރައީސަކަށް ގެންނަން އެންމެ ވާދަވެރިކޮށް ފެނިގެން ދިޔައީ 19ވަނަ ރައްތިތުންގެ މަޖިލީހަށް ވިލިފުށީ ދާއިރާއަށް އިންތިޚާބުވި ޙަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

ނަމަވެސް މަޖިލީހުގެ ރައީސަކަށް އަސްލަމްގެ ނަން ހުށައަޅައި ތާއިދު ލިބިފައިވަނީކޮށް ވާހަކަފުޅު ދައްކަވަމުން އަސްލަމް ވަނީ ހަސަން އަފީފާއި އެދެބޭފުޅުން އެބަސްވެގެން ރައީސް ނަޝީދުގެ މަޖިލީހުގެ ރައީސަށް ގެންނަން ހުށަހެޅިއެވެ. އަދި އެގޮތަށް ބައްދަލުވުމުގައި ތިބި ހުރިހާ މެންބަރުން ރައީސް ނަޝީދަށް ހުށައަޅަމުން ދިއުމާއެކު ފޯނު ކޯލް އެއް ކުރެއްވުމަށްފަހު ނަޝީދު އެކަން ޤަބޫލުކުރެއްވިއެވެ.
މިބައްދަލުވުމަށްފަހު މީޑިއާ އާއި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އުނދަގު އަދި ދަތި ނަމަވެސް މެންބަރުންގެ އެދިވަޑައިގަތުން ގަބޫލު ކުރެއްވީކަމަށާއި، އެމނިކުފާނު މަޖިލިސް ހިނގަވަނީ ރާއްޖޭގެ ޤާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށްކަމަށެވެ. 19ވަނަ މަޖިލިސް ވެގެންދާނީ ތަފާތު މަޖިލީހަކަށްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށެވެ. އަދި އެންމެންގެވެސް އަމާޒަކަށް ވާންވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ 89 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައި ވުމުން މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާއަށްފަހު ރައީސަކު ހޮވަން ބާއްވާ ޖަލްސާގައި އެމް.ޑީ.ޕީން ހުށައަޅާ ނަން ފާސްވެގެންދާނެ ދާނެއެވެ.

ރައީސް ނަޝީދަކީ މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި މާލޭ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ ނާއިބު ރައީސަކަށް ނަން ހުށައަޅަން ފާސްކުރި އިވާ ޢަބްދުﷲ ވަނީ މަޖިލީހުގައި މީގެ ކުރިން ދެދައުރު އަދާކުރައްވާފައެވެ.

މަޖިލީހުގެ ނާއިބުރައީސްކަމަށް އީވާގެ ނަންފުޅު ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫފްގެ 64 މެމްބަރުންގެ އިއްތިފާާޤުން ފާސްކޮށްފި

މަޖިލީހުގެ ނާއިބުރައީސަކަށް އީވާގެ ނަންފުޅު ހުށަހަޅުއްވައިފި. ނަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ. ތާޢީދުކުރެއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު.

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ހުށަހަޅަނީ ރައީސް ނަޝީދުގެ ނަންފުޅު

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ހުށަހަޅަނީ މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅުކަމަށް އެމްޑީޕީގެ ޕީޖީ ގްރޫފްގެ 64 މެމްބަރުންގެ އިއްތިފާާޤުން ފާސްކޮށްފި

މަޖިލީހުގެ ރައީސަކަށް ކުރިމަތިލުމަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ހޮވުމަށް ނަގާ ވޯޓަށް ހުށަހެޅުމަށް ކަނޑައެޅުނީ މައްޗަށްގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު.

ރައީސް ނަޝީދުގެ ނިންމެވުން

"އަޅުގަނޑު ވަރަށް އިޙްތިރާމާއެކު ތިބޭފުޅުންގެ އެދިވަޑައިމަތުމުގެ މަތިން ތިބޭފުޅުންގެ ހުށަހެޅުން ޤަބޫލުކުރަން."

އަފީފްގެ އާދޭހާއެކު ރައީސް ނަޝީދު ގޮތެއް ނިންމެވުމުގެކުރިން އެމަނިކުފާނުގެ ގާތްބޭފުޅަކަށް ފޯނުކޯލެއް ކުރައްވަން ވަގުތުކޮޅެއް ނަންގަވައިފި

އަސްލަމްގެ ހުށަހެޅުން ޤަބޫލުފުޅުކުރެއްވުމަށް ވިލިފުށީދާއިރާގެ މެމްބަރު ޙަސަން އަފީފު ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފި

ރައީސް ނަޝީދު ތަނާޒުލު ވެވަޑައިގެންފި

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވަނީ މަޖިލީހުގެ ރައީސްކަމަށް މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށަހަޅުއްވައިފި

މަޖިލީހުގެ ރައީސަކަށް ކުރިމަތިލުމަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކަށް ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްގެ ނަންފުޅު، ޕީޖީ ގްރޫފްގެ ބައްދަލުވުމަށް ހުށަހަޅުއްވައިފި. އަސްލަމްގެ ނަންފުޅު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ. އީވާއަށް ތާޢީދުކުރެއްވީ އިލްޔާސް ލަބީބު.

އެމްޑީޕީއިން ވިޕްލައިން ނެރޭނެ، ބޭފުޅެއްގެ ވޯޓް ނަގާނީ ފާޅުގައިކަމަށް ވަނީ ނިންމާފައި

އެމްޑީޕީގެ ޕީޖީ ގްރޫފްގެ ބައްދަލުވުން ފަށައިގެން ކުރިއަށްދަނީ. މިހާރު ވާހަކަފުޅުދައްކަވަނީ ރިޔާސަތު ޙައިސިއްޔަތުން އެމްޑީޕީގެ ރައީސް އަދި މައްޗަށްގޮޅި މެދު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު.

ގިނަ މެމްބަރުން ވަނީ ބަދައްލަވުމަށް ހާޒިރުވެފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އެމްޑީޕީގެ ރައީސް އަދި މައްޗަށްގޮޅި މެދު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ބައްދަލުވުން ފެށުން 09:30 ގައި ހަމަޖެހިފައިވީނަމަވެސް އަދި ހުރިހާ މެމްބަރުން ހަމައެއް ނުވެއެވެ. ދަރުބާރުގެ ބޭރުގައި ބައެއް ސަޕޯޓަރުން ވަނީ އެއްވެފައެވެ.