ޚަބަރު

ޒުވާނުންތަކެއް އިސްނަގައިގެން ވޭކަ އަޕް ނައުގެ ނަމުގައި ހަރަކާތެއް ފަށައިފި
ޒުވާނުންތަކެއް އިސްނަގައިގެން ވޭކަ އަޕް ނައު ނުވަތަ ހޭލާށޭ މިހާރުގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.


އިއްޔެ ނަލަހިޔާ ހޮޓަލްގައި މީޑިއާއާއި ބައްދަލުކޮށް މިހަރަކާތުގެ ފަރާތުން ވާހަކަދެއްކި މީހުން ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހް އޮތްގޮތާއިމެދު އެމީހުން ވަރަށް ކަންބޮޑުވާކަމަށާއި ރާއްޖޭގައި މީހުންގެ ސިކުނޑިތަކާއި ކުޅެ މަގުން އެއްކިބާކުރަމުންދާ ސިޔާސީ ފިކުރުން މީހުން ސަލާމަތްކުރުމަށް އެހަރަކާތުން މަސައްކަތްކުރާނެކަމަށެވެ.


 


މީގެ އިތުރުން، ޕާޓީ ރޫޙު ނައްތާލައި، ޤައުމީ ރޫޙު އާލާކުރުމަށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހޮވިފައިވާ ދެ ކެންޑިޑޭޓުންނަށް އެބޭފުޅުންގެ ސިޔާސަތުތައްކަށް ބިނާކޮށް، ސުވާލުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
"ވޭކް އަޕް ނައު" މި ހަރަކާތުގެ މަޤްސަދަކީ ރާއްޖޭގައި އެއްބައިވަންތައްކަން ޤާއިމުކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ރާއްޖޭގައި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރުން ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.