ސިޔާސީ

އެމްޑީޕީގެ ސަރުކާރެއްގައި ތިނަދޫއަށް ތަރައްޤީ ގެންނާނަން- ނަޝީދު

އެމްޑީޕީގެ ސަރުކާރެއްގައި ގދ. ތިނަދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުންގެންދަވާ އެމްޑީޕީގެ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ތިނަދޫގައި 17 ކިލޯ މީޓަރުގެ މަގު ހަދައިދޭނެ ކަމަށާއި އަދި އެމްޑީޕީގެ ސިޔާސަތުތައް ދިރާސާކުރާ ފަރާތްތަކުން އެރަށުގައި 30 ކިލޯ މީޓަރުގެ މަގު ހެދޭނެ ކަމަށް  ބުނަމުންދާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އެ 30 ކިލޯ މީޓަރުގެ މަގު ވެސް ހަދައި ނިންމާލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ތިނަދޫގެ އާބާދީއަށް މިހާރު 2،000 ގެ ބޭނުންވާ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އޭގެ ތެރެއިން 1،000 ގެ އަޅައިދޭނެ ކަމަށެވެ.

އަދި ތިނަދޫގައި ޔުނިވާސިޓީގެ ކެމްޕަސް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ލީޑަރ ވިދާޅުވީ ތިނަދޫގެ ބާޒާރު ބަނދަރު އެރަށު ރައްޔިތުން އެއްބަސްވާގޮތެއްގެމަތިން އެމްޑީޕީގެ ސަރުކާރެއްގައި ތަރައްގީކޮށް ދެއްވާނެ ކަމަށާ އަދި ތިނަދޫ އާއި ހުވަދު އަތޮޅުގައި އިޔާދަކުރަނިވި ހަކަތަކައިގެ ޕްރޮގުރާމްތައް ވަރަށް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.