ޚަބަރު

ލޮނުޒިޔާރަތްމަގުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލައިފި
ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކްލިނިކް ހުންނަ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ އަލިފާން ރޯކޮށްލައިފިއެވެ.


ރޭ މެންދަމު ތިނެއްޖަހާކަންހާއިރު ހިނގި މިހާދިސާގައި އެސަރަހައްދުގައި ޕާކުކޮށްފައިހުރި ހަތް ސައިކަލް ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، އިތުރު ދެ ސައިކަލަށް ވަނީ ގެއްލުން ލިބިފައެވެ.


މިހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންނާއި ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.


މި ސައިކަލްތަކުގައި ރޯކޮށްލުމުގެ ސަބަބުން އެސަރަހައްދުގައި ހުރި ގ.ޝާމިލްގޭގެ ބިއްލޫރިތައް ތަޅައިގެންގޮސް އެގޭ ބޭރު ސީލިންގަށްވެސް ވަނީ ގެއްލުން ލިބިފައެވެ.


މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.


 


އަލިފާންގަނޑު ކޮންޓްރޯލްކުރަން ހަރަކާތްތެރިވި ސިފައިންގެ މީހަކު ބުނީ މިއީ ގަސްތުގައި މީހަކު ނުވަތަ ބަޔަކު ކޮށްފައިވާކަމެއްކަމަށް ބެލެވޭކަމުގައެވެ.