ބަރުލަމާނީ ޙަޔާތުގައި ވަކި ޕާޓީއަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެމްޑީޕީއަށް

LIVE

ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވެފައެވެ. އެޕާޓީން ވަނީ 62 ގޮނޑި ނަގާފައެވެ. މިއީ ރައްޔިތުން މަޖިލިސް އިންތިޚާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޕާޓީއަށް އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އެކި ޕާޓީތަކުން މަޖިލީހަށް އިންތިޚާބުވި މެންބަރުން އޭރުގެ ސަރުކާރު ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.

ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވެފައެވެ. އެޕާޓީން ވަނީ 62 ގޮނޑި ނަގާފައެވެ. މިއީ ރައްޔިތުން މަޖިލިސް އިންތިޚާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޕާޓީއަށް އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އެކި ޕާޓީތަކުން މަޖިލީހަށް އިންތިޚާބުވި މެންބަރުން އޭރުގެ ސަރުކާރު ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.

ރ މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު

ކ ކާށިދޫ ދާއިރާގެ ގޮނޑި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލި، ހ ތިމާވެށި އަބްދުﷲ ޖާބިރު ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކުރުމަށް މިރޭ 10:30 ގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގއ ވިލިނގިލީ ދާއިރާގެ ގޮނޑި، މިނިވަން ކެނޑިޑޭޓް ސައުދު ހުސައިން ކާމިޔާބުކޮށްފި

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އާއި ވާދަކޮށް، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަބްދުﷲ ސަނީފް ކާމިޔާބު ކުރައްވައިފި

ޕީއެންސީގެ ވަގުތީ ރައީސް އަބްދުރަހީމް އަބްދުﷲ އާއި ވާދަކޮށް، ފޮނަދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް މޫސާ ސިރާޖު ކާމިޔާބު ކުރައްވައިފި

ހއ ބާރަށު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަހުމަދު އަބްދުﷲ ކާމިޔާބު ކުރައްވައިފި

ބ ތުޅާދާ ދާއިރާގެ ގޮނޑި، އެމްޑީޕީގެ ކެނޑިޑޭޓް ހިސާން ހުސެއިން ކާމިޔާބު ކުރައްވައިފި

މާފަންނު އުތުރު، ދާއިރާގެ ގޮނޑި އިމްތިޔާޒް ފަހުމީ ކާމިޔާބުކުރައްވައިފި

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލަށް ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބެއް ނުކުރެއްވުނު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން އެމްޑީޕީއަށް ބޮޑު އަޤްލަބިއްޔަތެއް ވަނީ ލިބިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޯޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފި

ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާއިރު ވޯޓު ގުނުމަށް ދަތި ނުވާނެ ގޮތަކަށް ވީހާވެސް ގިނަ ފަރާތްތައް ވެއްދުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އިލްތިމާސްކުރައްވައިފި.

ބަންދުކުރި ވޯޓު ފޮށިތަކުގެ ތެރެއިން ބައެއް ވޯޓު ފޮށިތައް އަދިވެސް ގުނަން ނުފަށާ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފޮށިތައް ގުނަން ނުފެށި ލަސްވަނީ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ތައްޔާރު ނުވެވޭތީ.

ރައްޔިތުންގެ މަޖިލިސް 2019: ފޮޓޯ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ނިންމާ މިހާރު އަންނަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން. އަދި މިހާތަނަކަށް އެއްވެސް ފޮއްޓެއްގެ ނަތީޖާއެއް ލިބިފައި ނުވިނަމަވެސް ގިނަ ތަންތަނުގައި ދަނީ ވޯޓު ގުނަމުން ---- ޕީއެސްއެމް ނިއުސް ފޮޓޯ / މުޙައްމަދު އާދަމް

ރައްޔިތުންގެ މަޖިލިސް 2019: ފޮޓޯ

ބައެއް ސަރަޙައްދުތަކުގައި ވޯޓު ގުނަން ފަށައިފި.

މިހާރު ދަނީ ވޯޓު ގުނުމަށް ތައްޔާރުވަމުން. ވަގުތަށް ބަންދުކުރި ވޯޓު ފޮށިތައް 18:30ގައި ގުނަން ފަށާނެ.

ވަގުތު ހަމަވުމާއި އެކު ވޯޓު ފޮށިތައް ވަނީ ބަންދުކޮށްފައި. ވޯޓު ފޮށިތައް ބަންދުކުރިއިރު 75 ޕަސެންޓު މީހުން ވަނީ ވޯޓުލާފައި. ވޯޓު ފޮށިތައް ބަންދުކުރިއިރު 207،360 މީހުން ވަނީ ވޯޓުލާފައެވެ. މިއަހަރުގެ މަޖިލިސް އިންތިޚާބުގައި 264،442 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ރައްޔިތުންގެ މަޖިލިސް 2019: ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައި. ވޯޓުލުން ނިމޭނެ ވަގުތެއް ކަމަށް އިލެކްޝަނުން ބުނެފައިވަނީ ހަވީރު 16:00. ނަމަވެސް އިލެކްޝަނުން ފަހުން ވަނީ އިތުރު ދެ ގަޑިއިރު ވޯޓުލުމަށް އިތުރުކޮށްފައި. ވަގުތު ހަމަވުމާއި އެކު ވޯޓު ފޮށިތައް ބަންދުކުރި. ނަމަވެސް ބައެއް ފޮށިތަކަށް ވޯޓުލާނެ މީހުން ތިބުމުން އެ ފޮށިތައް ބަންދުކުރާނީ ވޯޓުލާ މީހުން ހުސްވުމުން. ވޯޓު ގުނުން ފަށާނީ 18:30ގައި ---- ޕީއެސްއެމް ނިއުސް ފޮޓޯ / ޢަލީ ނަޞީރު

ރައްޔިތުންގެ މަޖިލިސް 2019: ފޮޓޯ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިހާތަނަށް 200،464 މީހުން ވަނީ ވޯޓުލާފައި. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 73 ޕަސެންޓު މީހުން. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 264،442 މީހުންނަށް. މެންދުރުކުރިން ކިޔޫތަކުގައި އެހާގިނަ މީހުން ނެތް ނަމަވެސް މެންދުރުފަހުން ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލުމަށް ދިޔަކަން ފާހަގަކޮށްލެވެ --- ޕީއެސްއެމް ނިއުސް ފޮޓޯ / މުޙައްމަދު އާދަމް

ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތު ހަމަވުމުން ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވަނީ 4:00ގައި ވޯޓުފޮށިތައް ބަންދުވާނެ ކަމަށް. ނަމަވެސް ފަހުން އެ ކޮމިޝަނުން ވަނީ ދެގަޑިއިރު އިތުރުކޮށްފައި. ވޯޓު ފޮށިތައް ބަންދުކުރި ނަމަވެސް، ކިޔޫގައި ވޯޓުލާ މީހުން ތިބިނަމަ ވޯޓުލާ މީހުން ހުސްވަންދެން ވޯޓުލުން ކުރިއަށްދާނެ.

ރައްޔިތުންގެ މަޖިލިސް 2019: ފޮޓޯ

ރައްޔިތުންގެ މަޖިލިސް އިންތިޚާބު މިއަދު ހެނދުނު 8:00އިން ފެށިގެން ކުރިއަށްދިޔައިރު އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއި އެކީގައި. ނަމަވެސް މަދުން ނަމަވެސް ޤާނޫނާއި ޚިލާފު ބައެއް ކަންތައްތައް ބައެއް ފަރާތްތަކުން ކޮށްފައިވާކަން ފާހަގަކޮށްލެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫއިން ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދައްކައިގެން ބައެއް ފަރާތްތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ. އަދި ގއ. ވިލިނގިލިންވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ --- ޕީއެސްއެމް ނިއުސް ފޮޓޯ / ޢަލީ ނަޞީރު

މަޖިލިސް އިންތިޚާބުގައި 200،464 މީހުން ވޯޓުލައިފި. އޭގެތެރޭގައި ހިމެނެނީ 100،673 ފިރިހެނުންނާއި 99،791 އަންހެނުން. މިއީ ވޯޓުލާންޖެހޭ މީހުންގެ ނިސްބަތުން ބަލާނަމަ 73 ޕަސެންޓު މީހުން. މިއަހަރުގެ މަޖިލިސް އިންތިޚާބުގައި 264،442 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވޭ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަލީ ނަޝާތު:

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި. މިގޮތަށް ސަރުކާރުން ހަމަޖެއްސިއިރު ރޭ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކަންކަން މާދަމާއާ ހަމައަށް އެއްކޮށް ނުނިމޭނެތީ މާދަމާ (އާދީއްތަ ދުވަސް) ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދި އެ ކޮމިޝަނުން ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށް.

މިއަދު މެންދުރުފަހު 3:30އާ ހަމައަށް ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 59% މީހުން- އިލެކްޝަންސް ކޮމިޝަން

ވޯޓުލުން ބަންދުކުރާ ވަގުތު އިތުރުކުރީ މިހާތަނަށް ވޯޓުލި މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވުމުން - އިލެކްޝަންސް ކޮމިޝަން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓްލުން ބަންދުވާ ގަޑި 2 ގަޑިއިރަށް އިތުރުކޮށްފި. މިހާރު ވޯޓްލުން ނިމޭނީ އިރުއޮއްސި 6:00ގައި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 264،442 މީހުން ތިބިއިރު، އޭގެ ތެރެއިން 3،059 މީހުންނަކީ މުޅިން އަލަށް ވޯޓުލާ މީހުން.

އިންތިޚާބުތަކުގައި ވޯޓުލަމުންދާ ވަގުތުތަކުގައި އެންމެ ކާރުބާރު ބޮޑުވާ އެއްތަނަކަށް ވެގެންދާނީ މަގުމަތި. އެހެންކަމުން ފުލުހުންގެ އޮޕަރޭޝަން "ބްލޫ ޓައިޑް"ގެ ދަށުން ފުލުހުން އަންނަނީ ވޯޓުލާ ސަރަޙައްދުތަކުގެ ޓްރެފިކް ބަލަހައްޓަމުން.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙުމަދު އަކްރަމް ވިދާޅުވީ ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް 11 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް. އަކްރަމް ވިދާޅުވީ މަދުން ނަމަވެސް ޤާނޫނާ ޚިލާފު ބައެއް ކަންކަން ހިނގަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް. އަދި އެފަދަ ޝަކުވާތައް ވެސް ކޮމިޝަނަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި. އަކުރަމް ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކު ވޯޓްލުމުގެ ޙައްޤުގެ ބޭނުން ކުރަން ޖެހޭ ކަމަށް. އަދި އެ ޙައްޤު އެއްވެސް މީހަކު ދޫނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައި.

2:00އާ ހަމައަށް 140،900 މީހުން ވޯޓުލައިފި. އޭގެތޭގައި ހިމެނެނީ 73،142 ފިރިހެނުންނާއި 67،758 އަންހެނުން.

އެންމެ ފަހުގެ ތަފްޞީލީ މަޢުލޫމާތު:

ރާއްޖެގަޑިން މެންދުރު 1:30ގައި އިނގިރޭސިވިލާތުގައި ވޯޓުލާން ފެށުމާއިއެކު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ހުރިހާ ފޮއްޓެއްގައި މިހާރު ދަނީ ކުރިއަށް ގެންދަމުން.

މަޖިލިސް އިންތިޚާބުގައި މިހާތަނަށް 117،823 މީހުން ވޯޓުލައިފި. އެއީ 61،975 ފިރިހެނުންނާއި 55،848 އަންހެނުން. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށް.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮބްޒަރވް ކުރުމަށް ރާއްޖެ ވަޑައިގެން ބައިނައަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކަށް ފޮރިން މިނިސްޓަރ މަރުޙަބާ ދަންނަވައިފި. މަޖިލިސް އިންތިޚާބު އޮބްޒަރވް ކުރުމަށް ބައިނަލްއަޤްވާމީ 36 އޮބްޒާވަރުން ހަރަކާތެރިވާނެ. އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވިދާޅުވެފައިވަނީ ވަނީ މަޖިލިސް އިންތިޚާބުގައި ހަތަރު މޮނީޓަރަކާއި 9 ޖަމްޢިއްޔާއެއް އަދި 4 ޤައުމަކުން ހަރަކާތްތެރިވާނެ ކަމަށް.

ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގއ. ވިލިނގިލީން މީހަކާއި އައްޑޫ ސިޓީ ތިން މީހެއް. ވިލިނގިލިން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔައީ ވަނީ މިއަދު ހެނދުނު ކަމަށާއި އައްޑޫ ސިޓީން ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރު ކަމަށް ފުލުހުން ވިދާޅުވި. އެ އެންމެނަކީވެސް ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއްވާ.

މިއަދު ހެނދުނު 8:00އިން ފެށިގެން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް އެއްލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާއްމުކުރި މަޢުލޫމާތުގައިވާ ގޮތުން އެއްކަލަ ސާޅީސް ހަ މީހަކު ވަނީ ވޯޓުލާފައެވެ. އެއީ 53،544 ފިރިހެނުންނާއި 46،502 އަންހެނުންނެވެ.

އެންމެ ފަހުގެ ތަފްޞީލް:

ބައެއް ރަށްރަށުގައި ހޫނު ގަދަކަމުން ވޯޓުލާން އެއްވެސް މީހަކު ނާންނަކަމުގެ މަޢުލޫމާތު ދަނީ ލިބެމުން. އެގޮތުން މ. މުލަކުގައި ވޯޓު ފޮށި ބަހައްޓާފައި ހުންނަ މަރުކަޒުގައި މިވަގުތު އެއްވެސް މީހަކު ވޯޓުލާކަށް ނެތް.

ވޯޓްލުމުގެ ވަގުތު ހަމަވާން ބާކީ އޮތީ 3 ގަޑިއިރު. ވޯޓުލުމުގެ ކަންކަން ކުރިއަށް އަދި ދަނީ ވަރަށް އަމާންކަމާއި އެކީގައި.

މިއަދު ހެނދުނު 8:00އިން ފެށިގެން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު މެންދުރު 12:30 ވީއިރު 94،197 މީހަކު ވަނީ ވޯޓުލާފައި. އެއީ 50،772 ފިރިހެނުންނާއި 43،425 އަންހެނުން.

ޓެބްލެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން 30 މިނެޓް މެދުކެނޑުމަށްފަހު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ބަހައްޓާފައިހުރި 429 ނަންބަރު ވޯޓުފޮށްޓަށް އަނެއްކާވެސް ވޯޓުލުން ފަށައިފި. މިއީ ހއ. އުތީމާއި އެ އަތޮޅު ތަކަންދޫގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލަށް ހަމަޖެހިފައިވާ ވޯޓު ފޮށި.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގެ ޤައުމީ ލަފާދޭ ކޮމިޓީގެ 10 ވަނަ ބައްދަލުވުން ފެށިގެން ކުރިއަށްދަނީ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް 70،000އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވޭ. އެ ކޮމިޝަނުން އެންމެ ފަހުން ޢާއްމުކުރި މަޢުލޫމާތުގައިވާ ގޮތުގައި މިހާތަނަށް 71،842 މީހުން ވަނީ ވޯޓުލާފައި. މިއީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 27.2 ޕަސެންޓު.

އެންމެ ފަހުގެ މަޢުލޫމާތު:

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންކަން ރާއްޖޭގެ އެކި ސަރަޙައްދުގެ 20 ފޮއްޓެއްގައި އެޗްއާރްސީއެމްއިން އަންނަނީ އޮބްޒަރވް ކުރަމުން.

މިއަދުގެ މިހާތަނަށް ވޯޓުލުމުގެ ޙައްޤާ ގުޅޭގޮތުން ތިން މައްސަލައެއް އެޗްއާރްސީއެމްއިން ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި. އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ތިން މައްސަލަ ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯއާ ޙިއްސާކޮށް، ދެ މައްސަލައްއެއް މިހާރު ހައްލުކުރެވިފައިވާ ކަމަށް.

އެޗްއާރްސީއެމްގެ ޓްވީޓު:
ކުރީގެ ރައީސް މަޢުމޫން ވޯޓު ލެއްވުމަށްފަހު:

ގދ. ފަރެސްމާތޮޑާގައި ވޯޓްލުން ކުރިއަށްދަނީ

ގިނައިރު ކިޔޫގައި މަޑުކުރައްވާ ބޭފުޅުން ހަކުރު ހިމެނޭ ބުއިންތަކުގެ ބަދަލުގައި ފެން ބުއިމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ ގ. ބިއްލޫރިޖެހި ގޭގައި ބަހައްޓާފައި ހުރި، މާލޭގައި ދިރިއުޅޭ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލާ ވޯޓު ފޮއްޓަށް.

އިންތިޚާބާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި އެމައްސަލަތައް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމާ ގުޅޭ ތަފްސީލެއް ފުލުހުންނެއް ނުދެއްވައެވެ.

ރާއްޖޭގައި މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ނޫސް ބަޔާން

އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިހާތަނަށް 43،074 މީހަކު ވަނީ ވޯޓުލާފައި. މީގެތެރެއިން 26،513 މީހުންނަކީ ފިރިހެނުން. 16،561 މީހުންނަކީ އަންހެނުން.

އިލެކްޝަންސް ކޮމިޝަން ރައީސް އަޙްމަދު ޝަރީފު ކުރެއްވި ޓްވީޓް

ގއ. މާމެންދޫގައި ވޯޓްލުން ކުރިއަށްދަނީ

ކޮމަންވެލްތާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މޮނިޓަރކުރަމުން

ނ. މަގޫދޫގައި ވޯޓުލުން ކުރިއަށްދަނީ

އައްޑޫ ސިޓީ ހިތަދޫގައި ފަސް ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފަސް ފޮއްޓަށް ޖުމްލަ 2572 މީހަކަށް ވޯޓު ލުމުގެ ހައްޤު ވަނީ ލިބިފައި. މިހާތަނަށް މި ފޮށިތަކަށް 580 މީހަކު ވަނީ ވޯޓުލާފައި. އައްޑޫ ސިޓީގެ 7 ދާއިރާއަށް 24 ކެންޑިޑޭޓަކު ވާދަކުރާއިރު ވޯޓުލުމަށް 31 ވޯޓު ފޮށި ވަނީ ބަހައްޓާފައި.

ޖަޕާނުގެ ޕާލިމަންޓަރީގެ ވައިސް ޕްރެޒިޑެންޓް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި ނާއިބު ރައީސްއާ ވަނީ ބައްދަލުކުރައްވާފައި.

މަޖިލިސް އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ޓައިޑް"ގެ ތެރެއިން:

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ރާވާފައި ހުރީ ރަނގޅަށް ކަމަށް. އަދި ހުރިހާ ރައްޔިތުންވެސް ނިކުމެ ވީ އެންމެ އަވަހަކަށް ވޯޓު ދިނުމުގެ ހައްޤު ބޭނުން ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައި.

ހިރިޔާ ސްކޫލްގައި ވޯޓުލުން ކުރިއަށްދަނީ

ރ. ހުޅުދުއްފާރުގައި ވޯޓުލުން ކުރިއަށްދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ހިންނަވަރު ރައްޔިތުން ވޯޓުލާ ވޯޓު ފޮއްޓަށް.

ޣިޔާޒުއްދީން ސްކޫލްގައި ވޯޓުލުން ކުރިއަށްދަނީ

އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލާން ދިޔަ ބަޔަކު ކިޔޫގައި:

މަޖިލިސް އިންތިޚާބުގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ބަހައްޓާފައިހުރި ވޯޓު ފޮށިތަކަށް ވޯޓުލެވޭނެ ގަޑިތައް:
ވޯޓުލާންޖެހޭ ފޮށި ޗެކް ކުރުމަށް އެސްއެމްއެސް ކުރަންވީ ގޮތް:
  • ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވެފައެވެ. އެޕާޓީން ވަނީ 62 ގޮނޑި ނަގާފައެވެ. މިއީ ރައްޔިތުން މަޖިލިސް އިންތިޚާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޕާޓީއަށް އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އެކި ޕާޓީތަކުން މަޖިލީހަށް އިންތިޚާބުވި މެންބަރުން އޭރުގެ ސަރުކާރު ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.
  • މިފަހަރުގެ އިންތިޚާބުގައި 10 ޕާޓީއަކުން ވާދަކުރިއެވެ. އޭގެތެރެއިން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން 86 ދާއިރާއަށް ކުރިމަތިލިއެވެ. ނަމަވެސް އެޕާޓީން ވާދަކުރި އެއް ދާއިރާއަކުން ކެންޑިޑޭޓަކު ނަން އަނބުރާ ނެގުމުން އެމްޑީޕީން ވާދަކުރީ 85 ދާއިރާއަށެވެ. ޕްރޮގްރެސިވް ކޯލިޝަނުން 47 ދާއިރާއަކަށް ވާދަކުރިއިރު ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ވާދަކުރިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނުވަ ދާއިރާއަކަށް ވާދަކުރިއިރު ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ތާޢީދާއި އެކު 20 ދާއިރާއަކަށް ވާދަކުރިއެވެ. އެމްޑީއޭއިން މަޖިލީހުގެ އަށް ދާއިރާއަށް ވާދަކުރިއިރު ޑީއާރްޕީން ވާދަކޮށްފައިވަނީ ފަސް ދާއިރާއަކަށެވެ. އަލަށް އުފެއްދި އެމްޓީޑީން އަށް ދާއިރާއަށް ވާދަ ކުރިއިރު ލޭބާ ޕާޓީން ވާދަކުރީ 11 ދާއިރާއަށެވެ.