ކުޅިވަރު

ޖާމަނީ ވޯލްޑްކަޕްއަށް ކޮލިފައިވުމާ ކައިރިއަށް ޖެހިލައިފި
 


ފެރޯ އައިލޭންޑްސް ބަލިކޮށް ޖާރމަނީއިން ވޯލްޑްކަޕަށް ކޮލިފައިވުމާ ފިޔަވަޅަކަށް ކައިރިޔަށް ޖެހިލައިފިއެވެ. ރޭގެ މެޗް ތިނެއް ސުމަކުން ކާމިޔާބުކުރި ޖާމަނީއަށް ދެން ވޯލްޑްކަޕަށް ކޮލިފައިވުމަށް ބޭނުންވަނީ އެންމެ މޮޅެކެވެ. ރޭގެ މެޗުގައި ޖާމަނީޔަށް ފުރަތަމަ ލީޑްނަގައިދިނީ ފަހަތަށް ކުޅޭ މާޓަސެކަރއެވެ. ދެވަނަ ހާފުގައި މެދަކާ ހަމަޔަށް އެޅިފައިވަނިކޮށް ފެރޯ އައިލެންޑްގެ ކުޅުންތެރިޔަކަށް ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިފަހުން ޕެނަލްޓީއަކުން އޮޒިލް ޖާމަނީއަށް ލީޑް ފުޅާކޮށްދިނެވެ. ޖަރުމަނުގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ތޯމަސް މުލަރއެވެ. މި ނަތީޖާޔާއެކު ޖާމަނީއިން ވަނީ ގްރޫޕް ސީގެ ދެވަނައިގައި އުޅޭ ސްވިޑަންއާ ދެމެދު ފަސް ޕޮއިންޓްގެ ލީޑެއް ދަމަހައްޓާފައެވެ. އަންނަ މަހު އަޔަރލޭންޑާ ކުޅޭ މެޗުން ޖާމަނީ މޮޅުވެއްޖެނަމަ އެ ޓީމަށް އަންނަ އަހަރު ބްރެޒިލްގައި އޮންނަ ވޯލްޑްކަޕުން ޖާގައެއް ޔަގީންވާނެއެވެ.