ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިން: ބެލަރޫސްގެ މައްޗަށް ޕްރާންސް ކުރިހޯދައިފި

 


 


ވަރލްޑް ކަޕް ކޮލިފައިންގައި ގްރޫޕްގެ ފުލުގައިވާ ބެލަރޫސްއާ ދެކޮޅަށް ކުޅުނު މެޗް އުނދަގުލުން ފްރާންސް ކާމިޔާބުކޮށްފިއެވެ. ބެލަރޫސްގެ ދަނޑުގައި ކުޅުނު މިމެޗް ފްރާންސް ކާމިޔާބުކުރީ ހަތަރު ލަނޑު ދެލަނޑުން. މިމެޗްގައި ބެލަރޫސްއިންވަނީ ދެފަހަރަށް ފްރާންސްގެ މައްޗަށް ލީޑު ނަގާފައެވެ. ނަމަވެސް ފްރޭންކް ރިބެރީގެ މޮޅު ކުޅުމާއެކު ފްރާންސުން ދެފަހަރުވެސް ނަތީޖާ ހަމަހަމަކުރިއެވެ.


 


މެޗުން މޮޅުވި ދެލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ ޕޮގްބާ އަދި ސާމިރް ނަސްރީއެވެ. މިނަތީޖާޔާއެކު ފްރާންސްވަނީ ތިންވަނައިގައިވާ ފިންލޭންޑަށްވުރެ ފަސް ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ. މިގްރޫޕުން ސްޕެއިންއަށް ވަރލްޑްކަޕަށް ކޮލިފައިވުމަށް ބޭނުންވަނީ ކުރިއަށް އޮތް ދެމެޗުން ހަތަރު ޕޮއިންޓްއެވެ.