ކުޅިވަރު

ގައުމީ ޓީމްއަށް ޝުކުރުއަދާކުރަންޖެހޭ - އިޙުސާން

 


އިއްޔެ އިންޑިޔާ އަތުން ރާއްޖެ ބަލިވިނަމަވެސް ރާއްޖޭގެ ޓީމްގެ ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރަން ޖެހޭނެކަމަށް ޤައުމީ ޓީމްގެ ކުރީގެ އެސިސްޓެންޓް ކޯޗު އިހުސާން އަބުދުލްޣަނީ ބުނެފިއެވެ. ރަންމެޑަލް ހޯދި ޓީމްގެ އެސިސްޓެންޓް ކޯޗު އިހުސާން ބުނީ ކުޅުންތެރިން މެޗުން މޮޅުވުމަށް ވަރަށް ހިއްވަރު ކުރިކަމަށާއި، ނަމަވެސް ބައެއް ކަހަލަ މައްސަލަތަކާ ހުރެ މެޗުން ބަލިވީކަމަށެވެ. މިސަރަހައްދުގެ އެންމެ ނުރައްކާތެރި ފޯވާޑް އަލީ އަޝަފާގްއަށް ބޯޅަ ދެވުނު ވަރު މަދުވުމަކީ ބަލިވުމުގެ އެއް ސަބަބުކަމަށް އޭނާ ބުނިއެވެ. އަދި މީގެ އިތުރުން ޓީމަށް ބަދަލު ގެންނަވީ އެންމެ ރަނގަޅު ވަގުތު ބަދަލު ނުގެނެސް މާލަސްކުރީކަމަށްވެސް އިޙުސާން ބުނިއެވެ. އޭނާ ބުނީ ބަލިވުމުގެ ޒިންމާ ކޯޗު ނަގަން ޖެހޭނެކަމަށް ދެކޭކަމަށެވެ. އޭވައިއެމް މިފަހަރު ގަދަ ހަތަރަކަށް ގެންގޮސްދިން ކޯޗް އަހުމަދު ނާޝިދު ބުނީ އިންޑިޔާއިން މަތިން ނަގަމުންދިޔަ ކްރޮސްތަކާ ޑިފެސްކޮށް ކުޅުމުން، އެ ޑިފެންސިވް ގޭމް މުގުރާލުމަށް މާބޮޑު މަސައްކަތްތަކެއް ރާއްޖޭގެ ޓީމަށް ކުރެވިފައިނުވާކަމަށެވެ.


މެޗް ނިމުމަށްފަހު ހިނގާދިޔަ ކަންތަށްތަކަކީ ކޮންމެވެސް  ބަޔަކު ޒިންމާ ނަގަންޖެހޭ ކަންތައްތަކެއްކަމަށާއި، މީއީ ރައްޖޭގެ ޓީމްގެ ފަރާތުން ފެނިގެންދާ ވަރުގެ ކަމެއްނޫންކަމަށްވެސް މި ދެ ކޯޗުން ބުނިއެވެ.