ކުޅިވަރު

އޮކްޓޯބަރުމަހާ ނޮވެމްބަރު މަހަކީ ވޮލީގެ އެންމެ ފޯރިގަދަ މަސް - ވޮލީ ބޯޅަ އެސޯސިއޭޝަން
 


އަންނަ އޮކްޓޯބަރު މަހާ ނޮވެމްބަރު މަހަކީ ވޮލީގެ އެންމެ ފޯރިގަދަ މަސްކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. އެސޯސިއޭޝަން ކަޕާއި ލީގުގެ އިތުރުން ގައުމީ އަންހެން މުބާރާތްވެސް އޮންނާނީ ކުރިއަށް އޮތް ދެމަހުގެ ތެރޭގައެވެ. އެސޯސިއޭޝަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އަންހެން އަދި ފިރިހެން ޓީމްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ އަށާރަވަނަ ދުވަހަށް ހަމަވާނެއެވެ. މިދިޔަ އަހަރުގެ މިމުބާރާތުގެ އަންހެން ބައިގައި ހަތް ޓީމް އަދި ފިރިހެން ބައިގައި ދިހަ ޓީމް ބައިވެރިވިއެވެ.


ވޮލީ ލީގުގައި މިފަހަރު ބައިވެރިވަނީ ޕޮލިސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި، ޕީކޭއާއި އެސްޓީއޯއާއި ދެވަނަ ޑިވިޝަންގެ ޗެންޕިއަން ނައިފަރު ޖުވެނައިލްއާ، އެމުބާރާތުގެ ދެވަނަ ޓީމް ޔޫތް ސްޕޯޓްސް ކުލަބެވެ.


 


މިމުބާރާތްވެސް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރު މަހުއެވެ. ނަމަވެސް ލީގް ފަށާނެ ވަކި ދުވަހެއް އަދި ހަމަނުޖެހޭކަމަށްވެސް ވޮލީ ބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދޭއެވެ. ގައުމީ އަންހެން މުބާރާތްވެސް އޮކްޓޯބަރު ފެށުމަށް ހަމަޖެހިފައިވާއިރު، އެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅޫވާލާނެކަމަށް އެސޯސިއޭޝަނުން ބުނެއެވެ.