ކުޅިވަރު

އިނިއެސްޓާރ ބާސެލޯނާއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ





 






ބާސެލޯނާގެ މިޑްފިލްޑަރ އަންދްރޭ އިނިއެސްޓާރ އެ ކްލަބްގެ އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރަން ތައްޔާރުވެއްޖެއެވެ.


އުމުރުން ނަވާވީސް އަހަރުގެ އިނިއެސްޓާ އެ ކްލަބާއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާއިރު ކޮންޓްރެކްޓް އާކުރަނީ ކިހާ މުއްދަތަކަށްކަމެއް ކްލަބުން އަދި އިނިއެސްޓާވެސް ހާމަކޮށްފައެއް ނުވެއެވެ.


 


ބާސެލޯނާގެ ރައީސް ސަންދްރޯ ރޮސެލް ޓީވީ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިނިއެސްޓާ ވަރަށް އަވަހަށް ކްލަބްގެ ކޮންޓްރެކްޓުގައި ސޮއިކުރާނެކަމަށާ އިނިއެސްޓާއަކީ މެސީ ނެގުމަށްފަހު އެ ކްލަބަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށެވެ. އުމުރުގެ ހުރިހާ ދުވަހެއް ބާސެލޯނާޔާއެކު ހޭދަކުރަމުން އަންނަ އިނިއެސްޓާ އެ ކްލަބާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ދެހާސް ފަނަރަވަނަ އަހަރާހަމައަށެވެ.