ކުޅިވަރު

ޔޫއެސް އޯޕަން ޓެނިސް މުބާރާތް 2ވަނަ ފަހަރަށް ރަފައެލް ނަދާލް އުފުލާލައިފި




 






ސާރބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ދެވަނަ ފަހަރަށް ސްޕެއިންގެ ރަފައެލް ނަދާލް އުފުލާލައިފިއެވެ.


ފައިނަލްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާރބިޔާގެ ނޯވަން ޖޮކޮވިޗް ބަލިކޮށް މުބާރާތުގެ ތަށި ދެވަނަޔަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ރަފައެލް ނަދާލް ހޯދީ ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.


 


މި މެޗްގެ ސެޓްތައް ނަދާލް ގެންދިޔައީ ހައެއް ދޭއް، ތިނެއް ހައެއް، ހައެއް ހަތަރެއް، ހައެއް އެކަކުންނެވެ. މިއީ ހަތާވީސް އަހަރުގެ ރަފައެލް ނަދާލް ހޯދި ތޭރަވަނަ ގްރޭންޑް ސްލޭމްއެވެ. މި ތައްޓާއެކު ނަދާލް ވަނީ އަނެއްކާވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަޔަށް ޖެހިލާފައެވެ. ސަތާރަ ގްރޭންޑް ސްލޭމް ހޯދައިގެން އެއްވަނާގައި ރޮޖާރ ފެޑަރާ އުޅޭއިރު ދެވަނާގައި ސާދަ ގްރޭންޑް ސްލޭމްއާއެކު އުޅެނީ ޕީޓާރ ސަމްޕްރަސްއެވެ. ނަދާލް އުޅެނީ ތިންވަނާގައެވެ.