ސިއްހަތު

18 ހޮސްޕިޓަލެއްގެ މަރާމާތުގެ މަސައްކަތް ނިންމާލައިފި- މިނިސްޓްރީ

ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި ހޮސްޕިޓަލްތައް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ހަވާލުކުރެވިފައި ހުރި އަށާރަ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.އެމް.ބީ.ސީ ނިއުސްއާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ ދެހާސް ތޭރަވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ ތެރެއިން ގާތްގަޑަކަށް ތިރީސް އިންސައްތަ މަސައްކަތް އެންމެ އެކަށީގެންވާގޮތަށް ކުރެވެމުން ނުދާކަމަށެވެ. އެގޮތުން ހަތަރު ފަރާތަކަށް އެގްރިމެންޓާ އެއްގޮތަށް މަސައްކަތް ނުކުރެވިގެން ވަކި ކުރެވިފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވެސް 48 ތަނެއްގައި އަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށް ހެލްތު މިނސްޓްރީން މައުލޫމާތުދެއެވެ.