ސިއްހަތު

މިމަސް ނިމުމުގެ ކުރިން 2 ހޮސްޕިޓަލަކުން ޑައިލިސިސްގެހިދުމަތް

މިމަސް ނިމިމުގެ ކުރިން ދެ ހޮސްޕިޓަލެއްގައި ޑައިލިސިސްގެހިދުމަތް ދޭން ފަށާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.އެން.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް އަލަށް ފަށާ ދެހޮސްޕިޓަލަކީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ ތިނަދޫ ޑރ އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްކަމުގައެވެ.މި ދެހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ދެވެން ފެށުމާއެކު ރާއްޖޭގައި ހަތް ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ދެވިގެންދާނެއެވެ.