ޚަބަރު

ކެމިކަލް ޙަމަލާ ދިންކަން ކަށަވަރުކޮށްދެވޭނެ ހެއްކެތް ދެއްކިފައެއްނެތް- އަސަދު




ސޫރިޔާގައި ދިންކަމަށް ބުނާ ކެމިކަލް ޙަމަލާގެ ފަހަތުގައިވަނީ އެޤައުމުގެ ރައީސް – ބައްޝާރުލް އަސަދުގެ ސަރުކާރުކަމަށް ބުނެ އަމާޒުކުރަމުންދާ ތުހުމަތުތަކަށް އަސަދު އިންކާރުކުރައްވައިފިއެވެ.


ސޫރިޔާގައި ކެމިކަލް ޙަމަލާތަކެއް ދީފައިވާކަމުގެ ހެކި ލިބިފައިވާކަމަށް އެމެރިކާއިން ބުނާއިރު، މިކަމުގެ ހެކި ދެއްކެން ޖެހޭނެކަމަށް އަސަދު ވިދާޅުވެފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ސީ.ބީ.އެސްއަށް ދެއްވި ބަސްދީ ގަތުމެއްގައި އަސަދު ވިދާޅުވީ، ސޫރިޔާގައި ކެމިކަލް ޙަމަލާގެ ބާރުގެ ބޭނުންކޮށްފައިވަނީ އަސަދުކަން ކަށަވަރުކޮށްދެވޭނެ ހެއްކެތް މިހާތަނަށްވެސް ދެއްކިފައިނުވާކަމަށެވެ.


 


އަސަދު އިތުރަށް ވިދާޅުވީ، މިފަދަ ތުހުމަތުތަކެއްގެ ސަބަބުން ސޫރިޔާގެ އަސްކަރިއްޔާގެ އަގު ވެއްޓިދާނެކަމާ މެދު ބިރުފުޅު ގަންނަވާކަމަށެވެ.