މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް

LIVE

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. އަދި ވޯޓުލުމަށްޓަކާ ރާއްޖެއާއި ރާއްޖޭން ބޭރުގެ 4 ޤައުމެއް ހިމެނޭހެން ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ތިން އަހަރަށްވުރެ ގިނަދުވަހު އިނގިރޭސިވިލާތުގެ ޙިމާޔަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންވަނީ އެއަރޕޯޓަށް ޖަމާވެފައެވެ.

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޕީއެސްއެމް ނިއުސްއާއި ޓީވީއެމްއިން ދަނީ ވަގުތުން ގެނެސްދެމުން

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައި

ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށްޓަކާ ރާއްޖެއާއި ރާއްޖޭން ބޭރުގެ 4 ޤައުމެއް ހިމެނޭހެން ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވޭ

މިހާތަނަށް 305 ވޯޓު ފޮށީގެ ނަތީޖާ ޕީއެސްއެމްއަށް ވަނީ ލިބިފައި

މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޓީވީއެމް އިން ދަނީ ވަގުތުން ގެނެސްދެމުން

ވޯޓު ގުނުން އެކި ސަރަޙައްދުތަކުގައި ދަނީ ކުރިއަށް.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކުގެ ތެރެއިން ގދ. މަޑަވެލި އެއް ނަމްބަރު ވޯޓު ފޮށީގެ ވޯޓު ކިޔޫ ފިޔަވައި އެހެން ހުރިހާ ވޯޓު ފޮށްޓެއްގެ ވޯޓު ކިޔޫ 19:00 ގައި ބަންދުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ގދ. މަޑަވެލި އެއް ނަމްބަރު ވޯޓު ފޮށީގެ ވޯޓު ކިޔޫ ބަންދުކޮށްފައިވަނީ 19:30ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ބައެއް ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި ދަނީ ވޯޓު ގުނަމުން.

ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ވޯޓު ގުނުން ދަނީ ކުރިއަށް.

ވޯޓުލުމުގެ ކިޔޫތައް ބަންދުވިއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްދިޔައީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް ފުލުހުން ވިދާޅުވޭ. އަދި ރައްޔިތުން ދެއްވި އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރައްވާ.

ބައެއް ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ގުނަން ފަށައިފި.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ޢާއްމު ހާލަތު ރަނގަޅުކަމަށް ފުލުހުން ވިދާޅުވޭ.

ވޯޓުލުން ބަންދުކޮށްފައިވާ ފޮށިތައް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގުނަން ފަށާނެ. ޤާނޫނު ބުނާގޮތުން ވޯޓުލުން ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރާތާ ބައިގަޑިއިރު ފަހުން.

ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ވޯޓު ފޮށިތައް ބަނދުކުރަން ފަށައިފި. ނަމަވެސް ވަގުތު ހަމަވުމުގެ ކުރިން ކިޔޫގައި ތިބި މީހުން ދަނީ ވޯޓުލަމުން.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެއްޖެ. ނަމަވެސް ކިޔޫގައި ތިބި މީހުންނަށް ވޯޓުލެވޭނެ.

ވޯޓުލުން މިރޭ 19:00 އާހަމައަށް އިތުރުކޮށްފައިވާއިރު، މާލެއާ ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކުކަމަށާއި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅުކަމަށް ފުލުހުން ވިދާޅުވޭ.

ފޮރިން މިނިސްޓްރީގެ ޓުވީޓް

ވޯޓުލާން ދިގު ކިޔުތަކުގައި ތިއްބެވި ބޭފުޅުން ކަރުހިއްކުމާއި ވަރުބަލިކަން ފިއްލެވުމަށްޓަކައި ހަކުރު ހިމެނޭ ބުއިންތަކުގެ ބަދަލުގައި ސިއްހަތަށް އެންމެ ރަނގަޅު ގޮތަކީ ގިނައިން ފެން ބުއިންކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި.

ވޯޓުލާ ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓު

މެންދުރު 13:00 އާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން %42 މީހުން ވަނީ ވޯޓުލާފައިކަމަށް އިލެކްޝަންސް ކޮމިޝަނުންބުނެފިއެވެ.

ވޯޓުލައި ނިންމުމަށް ކަނޑައަޅާފައިވާވަގުތު އިތުރުކުރީ ގިނަ ޢަދަދެއްގެ ރައްޔިތުން ވޯޓުލުމަށް ކިއުގައި ތިބުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފިއެވެ. އިންތިޚާބުގެ ވޯޓުލުން މިރޭ 7:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ކުރިން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ 4:00 އާ ހަމައަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ގިނަ ޢަދަދެއްގެ ރައްޔިތުންދަނީ ވޯޓުލަމުން

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިޔާސީ އިންތިޚާބުގެ ވޯޓްލުން ކުރިއަށްދަނީ ސުލްހަވެރިކަމާއެކު

އިންތިޚާބާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސް އާއި ޓީވީއެމް އިން ވަގުތުން ދަނީ ގެނެސްދެމުން

ވޯޓުލުން ކުރިއަށްދާއިރު ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

މާލެއާއި ރަށްރަށުގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެވެސް އާންމު ހާލަތު ރަނގަޅު- ފުލުހުން

ވޯޓުލުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ވޯޓުލާ މަރުކަޒުތަކަށް ޖަމާވަމުން

ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ ކޮންމެ ދިވެހި ރައްޔިތަކުންވެސް، ވޯޓް ލާން ދިއުމުގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް. ވޯޓްލެވޭނީ، މުއްދަތު ހަމަނުވާ އައިޑީ ކާޑެއް ނުވަތަ އެނޫންވެސް ފޮޓޯޖެހި ރަސްމީ ލިއުމެއް އޮވެގެން

އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓުލުން ކުރިއަށްދާނީ އެޤައުމުގެ ގަޑިން ހެނދުނު 09:30 އިން ފެށިގެން ހަވީރު 17:30 އަށެވެ. މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ވޯޓުލުން ކުރިއަށްދާނީ އެޤައުމުގެ ގަޑިން މެންދުރުކުރި 11:00 ފެށިގެން އިރުއޮއްސި 19:00 ޖެހުމާއި ހަމައަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާ ގަޑިތަކަށް ބަލާއިރު، އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ސްރިލަންކާގެ ކޮލަމްބޯގައި ވޯޓުލުން ކުރިއަށްދާނީ އެޤައުމެއްގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ އިންތިޚާބުގައި ވޯޓުލައްވަނީ

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތުތައް، ޕީއެސްއެމް ނިއުސްއާއި ޓީވީއެމް އިން ވަގުތުން ގެނެސްދެމުންއެބަދޭ

ރިޔާސީ އިންތިޚާބު ކަވަރކުރުމަށް ޙަރަކާތްތެރިވުމުގެ ހުއްދަ ބޭރުގެ 34 މޮނިޓަރުންނާއި، 51 އޮބްޒާވަރުންނަށް ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ވޯޓުލާން ދިއުމުގެ ކުރިން އެމީހަކު ވޯޓުލާންޖެހޭ ފޮށި ހުރިތަން ޔަޤީންކުރުން މުހިންމު

ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ވޯތުފޮށިތައް ކައިރިއަށް ޖަމާވަމުން