ޚަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދު ދެއްވައިފި. މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެއް. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް،މިފަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ:1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލް މުޙަންމަދު ޒަކަރިއްޔާ ޅ. ނައިފަރު މީޒާން2. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:އަލްފާޟިލް މުޙަންމަދު ރަޝީދު (ހިޔަލީ ރަޝީދު) ސ. ހިތަދޫ އަރާއިރުހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު 14 ބޭފުޅުންނަކީ:1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛ ސާޖެންޓް ފަސްޓް ކްލާސް އަލްޤާރީ މުޙައްމަދު އަސްލަމް ދ. ކުޑަހުވަދޫ އަނަސް2. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛ އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދު ށ. ފޭދޫ ވަވަތި3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލް އަންވަރު އިބްރާހީމް ބ. ތުޅާދޫ މަންޒިލް4. ދިވެހި ޘަޤާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ޘަޤާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ޢަރީފް ރ. ރަސްމާދޫ ނަރުގިސްވިލާ5. މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލް އާދަމް ރަޝީދު ގ. އަޑިމަގު6. ފަތުރުވެރިކަމުގެ ދާއިރާއިން؛ ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލް އިސްޙާޤު ޞާލިޙު ސ. މަރަދޫ ހުޅަނގުގެ7. ދަނޑުވެރިކަމުގެ ދާއިރާއިން؛ ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމާއި، ދަނޑުވެރިކަމާބެހޭ ދިރާސާ ކުރުމުގެ ރޮނގުން:އަލްފާޟިލް ޙުސައިން ރަޝީދު މ. ހުދުހުދާގެ8. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން:އަލްފާޟިލް އަޙްމަދު ޙިޝާން ގ. ނީރުވީކް9. ޒުވާނުންގެ ދާއިރާއިން؛ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން:އަލްފާޟިލް ޙަސަން ޒިޔާއު ސ. ހިތަދޫ ބޯށިވަލުގެ10. އަންހެނުންގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:އަލްފާޟިލާ މުއުމިނާ އާދަމް ގ. ހާފްސީ11. ކުޅިވަރުގެ ދާއިރާއިން؛ ފިޓްނަސް ތެރަޕީގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ފަޔާޟް ޢަލީ ރިޟާ މއ. ކުރިކީލަގެ12. ކުޅިވަރުގެ ދާއިރާއިން؛ ކަސްރަތު ކުރުމާއި ކަސްރަތު ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލާ ނާހިދާ ޢަލީ ހ. ބޮޑުކޮށީގެ13. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ލިޔުމާއި، ކުރެހުމާއި، ފަރުމާ ކުރުމުގެ ރޮނގުން:އަލްފާޟިލް އަފްޟަލް ޝާފިޢު މއ. މޭރީ14. ޕާރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން: ކެޕްޓަން އަޙްމަދު ޢާޠިފް މއ. އުޑުވިލާ (މ. ނިވްހިލްމަން)މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވި. އަދި ރާއްޖޭގެ އިޤްތިސާދާއި ޞިއްޙީ ހިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވި.