ޚަބަރު

އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޕާފޯމެންސް އެވޯޑް ދީފި

އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުންއަންނަ ޕާފޯމެންސް  އެވޯޑް މިއަހަރުވެސް ދީފި. މިކަމަށްޓަކައި ރޭ މާލޭ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލާރ ޑރ ހަސަން ހަމީދު.މި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ ޗެއަރމަން އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ.މިއަހަރު އެންމެ ރަގަޅު މުވައްޒަފަކަށް ހޮވިފައިވަނީ ލެބޯޓްރީ ޓެކްނީޝަން ލިފިން ރާޖަން. އޭނާއަށް ވަނީ ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އޭޑީކޭއިން ދީފަ. އަދިހާއްސަ އެވޯޑްގެ ގޮތުގައި ގޯލްޑް އަދި ސިލްވާ ޕާފޯމަންސް އެވޯޑްވެސް ދީފައިވޭ. މީގެ އިތުރުން ޖުމްލަ ހަތްދިހަ ފަރާތަކަށްވަނީ އެކި އެކި ކެޓަގަރީތަކުން އެވޯޑްތައް ލިބިގެން ގޮސްފަ.މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ މުވައްޒަފުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ހިތްވަރާއެކު ކުރިއަށް ދިއުމަށް އެހީތެރިވުން ކަމަށް އެޑީކޭ ހޮސްޕިޓަލުން ބުނޭ. މި އެވޯޑް މިދިޔަ އަހަރުވެސް އެ ހޮސްޕިޓަލުންވަނީ ދީފައި.