ޚަބަރު

އުތުރުގައި ޤާއިމްކުރާ އެމްއެންޔޫގެ 2ވަނަ ކެމްޕަސް ކެނދިކުޅުދޫގައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން، ރާއްޖޭގެ އުތުރުގައި ޤާއިމްކުރާ ދެވަނަ ކެމްޕަސް ނ. ކެނދިކުޅުދޫގައި ގާއިމްކުރަން ނިންމައިފި.މިއީ އުތުރުގެ ހަތަރު އަތޮޅުކަމަށްވާ ނ ރ ބ އަދި ޅ އަތޮޅަށް އަމާޒުކޮށް އެޅުމަށް ނިންމާފައިވާ ކެމްޕަހެއް.ކެނދިކުޅުދޫގައި ކެމްޕަސް އެޅުމަށް ނިންމާފައިވަނީ އެކަމަށް ޝޯޓް ލިސްޓް ކުރެވުނު ރަށްތަކަށް ޔުނިވަސިޓީން ޒިޔާރާތްކޮށް، ދިރާސާތަކެއް ހެދުމަށް ފަހުކަމަށް ޔުނިވަސިޓީގެ އޮފިޝަލަކު ވިދާޅުވި.ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓްގައި ވެސް ކެނދިކުޅުދޫގައި ކެމްޕަހާއެކު ދަނާލެއް އެޅުމަށް ފައިސާ ހިމަނާފައިވޭ.ގައުމީ ޔުނިވަސިޓީގެ ވަފްދުން ވަނީ މި އަހަރުގެ މެދުތެރޭގައި އުތުރު ސަރަހައްދުގެ ބައެއް ރަށްތަކަށް ޒިޔާރާތްކޮށް ކެމްޕަސް އެޅުމާއި ބެހޭގޮތުން ކައުންސިލްތަކާއި މަޝްވަރާކޮށްފައި. އުތުރުގައި މިހާރު ޔުނިވަސިޓީ ކެމްޕަސް ގާއިމް ކޮށްފައިވަނީ ކުޅުދުއްފުށީގައި އެކަނި. މީގެ އިތުރުން ލ ގަމާ ގދ ތިނަދުއާ ސ ހިތަދޫގައިވެސް ޔުނިވަސިޓީގެ ކެމްޕަސްތައް ވަނީ ގާއިމްކޮށްފަ.