ޚަބަރު

ވާރކް ޕާރމިޓް ނެތް ބިދޭސީންނަށް ބައެއް ހިދުމަތް ނުދޭން ނިންމައިފި





 


ސައްޙަ ވާރކް ޕާރމިޓް ކާޑު ނެތް ބިދޭސީންނަށް ޓްރާންސްޕޯޓްގެ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައްވެސް ދިނުން ހުއްޓާލުމަށް  ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އެދިއްޖެއެވެ.


 


ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ހަސަން އަލީ ވިދާޅުވީ، މިއީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.


 
މި މަސައްކަތުގެ ދަށުން ފެރީތަކަށް ވާރކް ޕާރމިޓް ކާޑު ނެތި ނޭރުވުމަށް އެމްޓީސީސީގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ތިލަފުށްޓަށް އަރާ ފައިބާ ބިދޭސީންނަކީ ކޮން ބައެއް ކަން ދެނެ ގަތުމަށް ތިލަފުށި ކޯޕަރޭޝަނާއެކުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި،  ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، ތިލަފުށީގެ ސައިޓުތަކުގައި މަސައްކަތް ކޮށްގެން އެތަނުގައި ދިރިއުޅެމުންދާކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.


 
 


މީގެ އިތުރުން ބިދޭސީން ގެނެސް އެމީހުންނަށް އިހުމާލުވާ ފަރާތްތަކާމެދު މާރޗް މަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.