ޚަބަރު

ކުރިޔަށްއޮތް 24 ގަޑިއިރު ބޯކޮށްވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެ
 


ކުރިޔަށްއޮތް ސައުވީސް ގަޑިއިރު ރާއްޖެއަށް ބޯކޮށްވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.އެއިދާރާއިން ބުނީ ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާއި މިސަރަހައްދުތަކުގައި ވިލާގަނޑުގައި ސާޅީސްމޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.


 


މޫސުމާބެހޭ ޤައުމީ އިދާރާއިން، މިއަދުގެ އެއްގަޑިތިރީހާ ހަމައަށް  ހުދު އެލާޓްނެރެފައިވާއިރު މިއަދު ހެނދުނު ވައިގަދަވުމުގެ ސަބަބުން އަނަންތަރަ ރިޒޯޓްގެ އިމާރާތެއްގެ ފުރާޅުއެއްލާލާފައިވާކަމުގެ މައުލޫމާތުލިބިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވޭ.