ޚަބަރު

ގަމުގެ ތަރައްގީއާއި ގުޅުންހުރި މަޝްރޫއުތަކަށް އަވަސް ހައްލެއްބޭނުން-

 


ހައްދުއްމަތީ ގަމުގެ ތަރައްގީއާއި ގުޅުންހުރި  އިޖްތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަށް  ހުއްޓިފައިވާ ކަމަށާއި އެކަންކަމަށް އަވަސްހައްލެއް ބޭނުންވެފައިވާކަމަށް ގަމު ކައުންސިލުން ބުނެފިއެވެ. 


 
ގަމުގެ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓްގެ ޚިދުމަތާއި،ސަރުކާރުން ފަށާފައިވާ ތަރައްގީގެ އިތުރު މަޝްރޫއުތަށް ހުއްޓިފައިވާތީ އެކަންކަން ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް ގަމުކައުންސިލްގެ ހުރިހާ މެންބަރުން، މާލޭގައި މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ލޯކަލް ގަވާމެންޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްއްދަލުވުމެއްގައި ގަމު ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ،


އެރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނަކަ ކޯޕްރޭޝަނުން ދެމުންގެންދާ ކަރަންޓްގެ ޚިދުމަތާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަކަމަށެވެ. އެގޮތުން  ރަށުގެ ހަތަރު އަވަށުގައި ހުރި އިންޖީނުގެތަކުގެ ތެރެއިން ޚިދުމަތްދެވެނީ ކޮންމެ އިންޖީނުގެއަކުންވެސް އެއް ޖަނަރޭޓަރުން ކަމަށާއި، ދޭތެރެދޭތެރެއިން އެ އިންޖީނުތަކަށް މައްސަލަ ޖެހުމުން ކަރަނަޓް ކެނޑި ބޮޑެތި ގެއްލުން ވަމުންދާކަމަށެވެ.  އަދި މީގެ އިތުރުން ނަރުދަމާ ނިޒާމު ފެއިލް ވެފައިވާކަމަށާއި ވަރޭ ވެހޭ ދުވަސްވަރެއް ނަމަ، އެނިޒާމަސް ބޮޑެތި މައްސަލަތަސް ކުރިމަތިވާކަމަށެވެ.


 
ގަމުކައުންސިލުން ބުނީ ރަށުގެ ވަލުތެރޭގައި ގަވާއިދާ ޚިލާފަށް ފައްސަތޭކަ ބިދޭސީން ދަނޑުވެރިކަމާއި އެހެނިހެން ވިޔަފާރި ކުރަމުންދާ ކަމަށާއި، އެކަން ހައްލުކުރުމަށް މިހާރު މާލޭގައި ކުރާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނާއި މަޝްވަރާކުރާނެކަމަށެވެ.


 
މީގެ އިތުރުންވެސް ގަމުގެ އެގްރިކްލްޗަރ ސެންޓަރާއި، އެރަށުގައި ހެދުމަށް ނިންމާފައިވާ ޓްރެއިންގ ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން ފެންޕްލާންޓާއި ސްޓޭޑިއަމްގެ މަސައްކަތްތަކާބެހޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއެކު މަޝްވަރާ ކުރާނެކަމަށެވެ.


 
 


މި މަސައްކަތްތައް ކުރުމަށް ގަމު ކައުންސިލުގެ ބަޖެޓް ތަންނުދޭކަމަށާއި ބައެއް މަސައްކަތް ކައުންސިލުން އިސްނަގައިގެން މިހާރުވެސް ކުރަމުންދާކަމަށް އެކައުންސިލުން މައުލޫމާތުދެއެވެ.