ޚަބަރު

ޗޮންގޑޫއީއަށް އައި ބިންހެލުމެއްގެ އަސަރު ދިވެހި ކުޅުންތެރިންނަށް ކޮށްފި
 ނޭޕާލުގެ ކަތަމަންޑޫގެ އިރު އުތުރުން ތިން ކިލޯމީޓަރު ދުރުގައިވާ ޗައިނާގެ ޗޮންގޑޫއީއަށް އައި ބިންހެލުމެއްގެ އަސަރު ދިވެހި ކުޅުންތެރިންނަށް ކޮށްފިއެވެ.


 
ހިމާލިޔާ ސަރަހައްދުގައި އޮންނަ ޗޮންގޑޫއީއަށް އައި 4.9 މެގްނިޓިއުޑުގެ މިބިންހެލުމުގެ އަސަރު ދިވެހި ޤައުމީ ޓީމު ތިބޭ އެވަރެސްޓު ހޮޓަލަށް ކުރުމާއިއެކު ހޮޓަލުން ކުޅުންތެރިން ބޭރަށް ނުކުތްކަމަށް ނޭޕާލުގެ ކަތަމަންޑޫގައި މިހާރުތިބި ދިވެހި ޤައުމީޓީމާއެކު ދިޔަ އެމްބީސީގެ ރިޕޯޓަރުންގެ ފޭސްބުކް އެކައުންޓުގައި މީގެ އިރުކޮޅެއްކުރިން ލިޔެފައިވެއެވެ. 
 
މިހާދިސާގައި ޤައުމީ ފުޓުބޯޅަޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ގެއްލުމެއްލިބިފައި ނުވާކަމަށާއި ހުރިހާ ކުޅުންތެރިންގެ ޙާލުވެސް ރަނގަޅުކަމަށް އެމްބީސީ ސްޕޯޓްސްގެ ރިޕޯރޓަރު މުހައްމަދު ސޯދިޤުގެ ފޭސްބުކްގައި ލިޔެފައިވެއެވެ.
 
ހަބަރު ލިބޭގޮތުގައި މިހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަންވަނީ ސާފް ޗެންޕިއަންޝިޕަށް ނޭޕާލަށް ދިޔަ ދިވެހި ޓީމުގެ ޙާލު ބައްލަވަން އެޓީމުގެ މެނޭޖަރ އަލީ ސުޒޭނަށް ގުޅުއްވާފައެވެ.