ދުނިޔެ

ގައްޒާފީގެ ދަރިކަލުންނާއި ދެކޮޅަށް ކުރާ ސަރިޔަތަށް އޭނާ ހާޒިރުވެއްޖެ




 


މަގާމުން ދުރުކޮށް، އަވަހާރަކޮށްލާފައިވާ ލީބިއާގެ ކުރީގެ ލީޑަރ ކާނަލް މުޢައްމަރުލް ގައްޒާފީގެ ދަރިކަލުން، ސައިފް އަލް އިސްލާމާ ދެކޮޅަށް ކުރާ ސަރިޔަތަށް އޭނާ ހާޒިރުވެއްޖެއެވެ.


ހަނގުރާމައިގެ ޖަރީމާތަކާ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި ސަރިޔަތް ހިންގަމުންދާ ސައިފް އަލް އިސްލާމް، އިއްޔެގެ ސަރިޔަތަށް ޚާޒިރު ވެފައިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.


މި ސަރިޔަތުގައި ސައިފް އަލް އިސްލާމުގެ އިތުރުން، ގައްޒާފީގެ ޒަޢާމަތުގައި ހަރަކާތްތެރިވި އިތުރު ތިރީސް ހަތް އޮފިޝަލަކާ ދެކޮޅަށްވެސް ދަނީ ދަޢުވާ ކުރަމުންނެވެ. މިސަރިޔަތް މިހާރު ވަނީ އަންނަ މަހުގެ ފަންސަވީހަށް ފަސްކޮށްފައެވެ.


 
 


ސައިފް އަލް އިސްލާމާ ދެކޮޅަށް ލީބިއާގައި ސަރިޔަތް ހިންގާއިރު، އިންސާފުވެރި ސަރިޔަތެއް އެގައުމުގައި ކުރިޔަށް ގެންގޮސްދާނެކަމާމެދު ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓާ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.