ދުނިޔެ

މެލޭޝިއާއިން ޑިޕެންޑެންޓް ވިސާ ލިބުމުގައިހުރި ދަތިތަކާއިމެދު މަޝްވަރާކުރަނީ
މެލޭޝިއާގައި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.


އެމް.ބީ.ސީ ނިއުސްއަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ މިނިސްޓަރ އައިޝަތު ލިއުޝާ ޒާހިރު ވިދާޅުވީ ޑިޕެންޑެންޓް ވިސާ ހޯދުމުގައި ހުރި ދަތިތައް ލުއި ކޮށްދިނުމަށްޓަކައި ދިވެހި ހައި ކޮމިޝަނުން އިއްޔެ އެގައުމުގެ ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ދާތޯ ސައިފުލް އަންވަރާ ބައްދަލްކުރައްވާފައިވާކަމަށެވެ.


މެލޭޝިއާގައި އަންޑަރ ގްރެޖުއޭޓް ކޯސްތައް ހަދާ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ނުލިބޭ ކަމަށާ މިކަމަކީ ދިވެހި ކިޔަވާކުދިންގެ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ލިއުޝާ ފާހަގަކުރެއްވިއެވެ.


 


އިއްޔެ އޮތް މި ބައްދަލްވުމުގައި މިކަމުގައި ދިވަހި ސަރުކާރުން ހުރި ކަންބޮޑުވުންތައް އެބޭފުޅާ ބަލައިގަތްކަމަށާއި ދިވެހިނަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިކަމަށްވެސް ލިއުޝާ ހާމަކުރެއްވިއެވެ.