ވިޔަފާރި

އޫރިދޫ މޯލްޑިވްސް ކުންފުނީގެ ސީ.އީ.އޯ އަކަށް ވިކްރަމް ސިންހަ

 


 


އޫރިދޫ މޯލްޑިވްސް ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް ވިކްރަމް ސިންހަ އައްޔަން ކޮށްފިއެވެ. ސިންހަ އެމަގާމަށް ހަމަޖެއްސީ މީގެ ކުރިން އެމަގާމް ފުރުއްވަމުން ގެންދެވި ހާރޫން ޝާހުލް ހަމީދު އޫރިދޫގެ އެހެން ކުންފުންޏަކަށް ބަދަލުކުރުމާ ގުޅިގެން ކަމަށް އޫރިދޫ މޯލްޑިވްސް އިން ހާމަކުރެއެވެ.


 
އެ މަގާމާ އަލަށް ހަވާލުވި ސިންހައަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ 16 އަހަރުގެ ތަޖުރިބާއާ އެކު އެކި މާރކެޓްތަކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށް އޫރިދޫ މޯލްޑިވްސް އިން ހާމަކުރެއެވެ. އެގޮތުން އެންމެ ފަހުން ސިންހަ މަސައްކަތްކޮށްފައިވަނީ ސޭޝެލްސްގެ ބާރްތީ އެއަރޓެލް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައެވެ.


 
އޫރިދޫ މޯލްޑިވްސް އިން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެކުންފުނިން ހާމަކުރެއެވެ.