ޚަބަރު

އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ 389 އޮފީހެއްގެ ނަން އާންމުކޮށްފި




މާލިއްޔަތު ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް  އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައި ނުވާ ސަރުކާރުގެ އޮފީސްތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފިއެވެ. އޭގެތެރޭގައި އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ތިން ސަތޭކަ އަށްޑިހަ ނުވަ އޮފީހެއްގެ ނަން އާންމުކޮށްފައިވެއެވެ.


އޮޑިޓް އޮފީހުން ބުނީ ޤާނޫނުގައި ބުނާ މުއްދަތުގައި އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ އޮފީސްތަކުގެ ނަންތައް އާންމުކުރިފަހުންވެސް ބައެއް އޮފީސްތަކުން އަހަރީ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ. އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ލިސްޓްގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކޯޓުތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކާއި، ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތައްވެސް ހިމެނެއެވެ.  އޮޑިޓް އޮފީހުން ބުނީ ލިސްޓްގައި ހިމެނޭ  މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ދަންނަވާފައިވާނޭ ކަމަށެވެ.


މާލިއްޔަތު ޤާނޫނުގައި ބުނެފައިވަނީ ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް ތައްޔާރުކޮށް އޮޑިޓް އޮފީހަށް ހުށަހަޅަންޖެހޭނެކަމަށެވެ.