ޚަބަރު

އަމީރު އަޙުމަދު ތަރައްޤީ ކުރުމުގެ ދާއިމީ ހުއްދަ އައިލެންޑަރސްއަށް ދީފި

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އަމީރު އަޙުމަދު ތަރައްޤީ ކުރުމުގެ ދާއިމީ ހުއްދަ އައިލެންޑަރސްއަށް ދީފިއެވެ.


އެމްބީސީ ނިއުސްއަށް މަޢުލޫމާތުދެމުން އައިލެންޑަރސްގެ ޗެއަރމަން އަބްދުއްރަޝީދު ވިދާޅުވީ އަމީރު އަހުމަދު ތަރައްޤީކުރުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސިޓީ ކައުންސިލާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީއާއެކު އެކުންފުނިން ސޮއިކޮށްފައިވާ ކަމަށެވެ.ލ އޭނާ ވިދާޅުވީ އެސްކޫލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މިހާރު ހަދަމުންދާ ދެބުރީގެ އާ އިމާރާތަށް ޕްރީ ސްކޫލް ކުދިން އަންނަ މަހުގެ ތެރޭގައި ބަދަލުކުރެވޭނެ ކަމަށެވެ. މިޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާ ކުދިކުދި މަސައްކަތްތައް ނިންމަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


އަމީރު އަހުމަދު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެސްކޫލް އައިލެންޑާސްއާ ހަވާލުކުރިއިރު ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް ކޯޓަށް ހުށަހެޅުމުން ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަމުރެއް ނެރެފައިވެއެވެ. އެހެން ނަމަވެސް އައިލެންޑާސްއިން އެ ސްކޫލު ހިންގުމަށް ވަގުތީ ހުއްދައެއް ކޯޓުން ވަނީ ދޫކޮށްފައެވެ.


 


އަމީރު އަހުމަދު ހިންގުމަށް ހުއްދަ ނުލިބިގެން އެ ސްކޫލުގެ ބެލެނިވެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ.