ދުނިޔެ

އިރާޤުގައި މިއަދު ދިން ބޮމުގެ ޙަމަލާތަކެއްގައި 6 މީހުން މަރުވެއްޖެ

 


 


އިރާޤްގެ އެކި ކަންކޮޅުތަކުގައި މިއަދު ދިން ބޮމުގެ ޙަމަލާތަކެއްގައި ހަ މީހުން މަރުވެ 28 މީހުން ޒަޚަމްވެއްޖެއެވެ.


 
އިރާޤްގެ މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު އެންމެ ފުރަތަމަ ޙަމަލާ ދީފައިވަނީ އަންބާރް ޕްރޮވިންސްގެ ރަމާދީ އަވަށަށެވެ. ސިފައިން ގޮވައިގެން ދަތުރު ކުރަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން މި ޙަމަލާގައި، ދެ މީހުން މަރުވެ ހަމީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ފަލޫޖާ ސިޓީއަށާއި، މޫސަލް އަވަށަށްވެސް ބޮމުގެ ޙަމަލާތައް ދީފައިވާ ކަމަށް ޚަބަރު ލިބެއެވެ.


 
 


ބޮމުގެ ޙަމަލާތަކުގެ އިތުރުން ހަނގުރާމަވެރިން ބައެއް އަވަށްތަކުގައި ހަމަނުޖެހުން ހިންގާ ސިފައިންނާއި ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އިރާޤްގައި އުފެދިފައިވާ މަޒްހަބީ ހަމަނުޖެހުންތަކުގެ ތެރޭގައި ފަހަކަށް އައިސް ދޭ މިފަދަ ޙަމަލާތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.