ވިޔަފާރި

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ދެބޭފުޅަކު ޢައްޔަނު ކުރައްވައިފި

 
 
‏ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ‏‏ގެންނަވައި، އެ ބޯޑަށް ދެބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މިގޮތަށް ޢައްޔަނު ކުރެއްވި ‏‏އެއްބޭފުޅަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ހުވަދުއަތޮޅު ދެކުނުބުރީ ‏‏މަޑަވެލީ ގަހާ އަޙްމަދު މުނައްވަރެވެ. އަނެއް ބޭފުޅަކީ، ހެންވޭރު ލޭޑީބަރޑްއާގޭ ޢަބްދުﷲ ޣިޔާޘް ‏‏ރިޔާޟެވެ. ‏
މި ދެބޭފުޅުންގެ އިތުރުން، ބޯޑުގައި މިހާރު ތިއްބަވާނީ، މޯލްޑިވްސް މަނިޓަރީ ‏‏އޮތޯރިޓީގެ ގަވަރނަރާއި، ޑެޕިއުޓީ ގަވަރނަރ އަލްފާޟިލާ ޢާއިޝަތު ޒާހިރާއާއި، އެސިސްޓެންޓް ‏‏ގަވަރނަރ ޑޮކްޓަރ ޢަޒީމާ އާދަމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙު ‏‏ޖަމާލާއި، މައްޗަންގޮޅި ވަހާރި ޙުސައިން ޙިލްމީއެވެ