ދުނިޔެ

މެލޭޝިއަން އެއާލައިންސްގެ ބޯޓެއް 239 މީހުންނާއެކު ގެއްލިއްޖެ
 


މެލޭޝިއަން އެއާލައިންސްގެ ބޯޓެއް 239 މީހުންނާއެކު ގެއްލިއްޖެއެވެ.


 
މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންގއަށް ދަތުރުކުރަމުންދިޔަ މެލޭޝިއަން އެއާލައިންސްގެ ބޮއިންގ ބީ777-200 މަރުކާގެ މިބޯޓު އެއާޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނުކަން އެ އެއަރލައިންސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. މިބޯޓު ގެއްލުނުއިރު ބޯޓުގައި ތިބީ ތުއްތު 2 ކުދިންނާއެކު 227 ފަސެންޖަރުންނާއި މީގެ އިތުރުން 12 ފަޅުވެރިންކަމަށް ޚަބަރުލިބެއެވެ.


 
މެލޭޝިއަން އެއާލައިންސް އިން ހާމަކުރާގޮތުގައި އެބޯޓާއި އެންމެ ފަހުން މުޢާމަލާތެއްކުރެވުނީ ރާއްޖެ ގަޑިން ރޭ 11:40 ގައިކަމަށެވެ.


 ޚަބަރު ލިބިފައިވާ ގޮތުގައި އޭގައި ތިބީ ފަރަންސޭސި ވިލާތާއި،އޮސްޓްރޭލިޔާ،މެލޭޝިޔާ،އިންޑޮނޭޝީޔާ ގެ އިތުރުން ޗައިނާ އަދި އެމެރިކާގެ މީހުންނެވެ.


 މި ބޯޓް ޙޯދުމުގެ ގޮތުން ޗައިނާ ސަރުކާރުން މިހާރުވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.